ފައިބެއަހަރުގެ ތެރޭގައި 7 ކުއްޖަކު ފޮސްޓަރކޮށް، އިތުރު 20 ކުއްޖަކު އެ ކުދިންގެ ޢާއިލާތަކާ ހަވާލުކޮށްފި

ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންގެ ތެރެއިން 7 ކުއްޖަކު މިދިޔަ އަހަރު ފޮސްޓަރކޮށްފިއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް ޢާއިލާއެއްގެ ތެރޭގައި ދިރިއުޅުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން އެކުލަވައިލައިފައިވާ ފޮސްޓަރ ޕެނަލްގެ 2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައިވާގޮތުގައި މިދިޔަ އަހަރު ފޮސްޓަރކުރުމަށް ޢާއިލާތަކާ ހަވާލުކުރެވުނު ކުދިންގެ ތެރޭގައި ހިމެނެނީ 3 އަހަރުން ދަށުގެ 2 އަންހެން ކުދިންނާއި 5 ފިރިހެން ކުދިންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ކުދިން ހަވާލުކޮށްފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގައި އެޕްލިކޭޝަން ފޯމު ހުށަހެޅި 7 ފަރާތްތަކުގެ ތެރެއިން 3 ފަރާތަކަށާއި އޭގެ ކުރީގެ ތާރީޚުތަކުގައި އެޕްލިކޭޝަން ފޯމު ހުށަހެޅި 4 ފަރާތަކަށެވެ.

ރިޕޯޓުގައި ހާމަކުރާގޮތުގައި 2017ވަނަ އަހަރުގެ ތެރޭގައި ފޮސްޓަރކުރުމަށް އެދި އެޕްލިކޭޝަން ފޯމު ހުށަހެޅި 7 ފަރާތްތަކުގެ ތެރެއިން 1 ފަރާތަކަށް ހުއްދަ ދޭން ނުފެންނަކަމަށް ޕެނަލުން ނިންމައިފައިވެއެވެ. އަދި އިތުރު 1 ފަރާތެއްގެ އެދުމުގެ މަތިން އެ ފަރާތުގެ އެޕްލިކޭޝަން ބާޠިލުކޮށްފައިވާއިރު، އަހަރު ނިމުނު އިރު 2 ފަރާތެއްގެ އެޕްލިކޭޝަން ދިރާސާކުރެވެމުންދާކަން ރިޕޯޓުގައިވެއެވެ.

ފޮސްޓަރކުރެވުނު ކުދިންގެ އިތުރުން، 20 ކުއްޖަކު އެ ކުދިންގެ ޢާއިލާތަކާ މިދިޔަ އަހަރު ހަވާލުކޮށްފައިވާކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މި ކުދިންގެ ތެރޭގައި ހިމެނެނީ 18 އަހަރުން ދަށުގެ 7 އަންހެން ކުދިންނާއި 13 ފިރިހެން ކުދިންނެވެ. މި ކުދިން ޢާއިލާތަކާ ހަވާލުކޮށްފައިވަނީ އެ ކުދިން ހަވާލުކުރުމަށް އެދުނު ޢާއިލާތަކުގެ މެންބަރުންގެ ޤާބިލުކަމާއި ކެރިފޯރުންތެރިކަން ހުރި މިންވަރު ބެލުމަށްޓަކައި ޚާއްޞަ އެސެސްމަންޓެއް ހެދުމަށް ފަހުގައެވެ.

ޕޮސްޓަރ ޕެނަލަކީ މިނިސްޓްރީއާއި ކަމާބެހޭ ދާއިރާތަކާއި މަދަނީ ޖަމުޢިއްޔާތައް ތަމްސީލުކުރާ މަންދޫބުން ހިމެނޭގޮތަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީގެ ލަފާފުޅުގެ މަތިން އެކުލަވައިލައިފައިވާ ކޮމިޓީއެކެވެ.

ކުދިންނަށް އެންމެ ރަނގަޅީ ޢާއިލާއެއްގެ ލޯތްބާއި އަޅައިލުމާއެކު ބޮޑުވުންކަމުގައިވާތީ ”ދަރުމައަށް ކުދިން ބެލެހެއްޓުމަށް ހަވާލުކުރުމުގެ އުސޫލު“ގެ ދަށުން ކުދިން ފޮސްޓަރކުރުމަށް ޝައުޤުވެރިކަން ފާޅުކުރާ ދެމަފިރިންނަށް ކަނޑައެޅިފައިވާ ޚާއްޞަ ޝަރުޠުތަކެއްގެ މަތިން ކުދިންގެ ބެލެނިވެރިކަން އަންނަނީ ހަވާލުކުރެވެމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.