ޚަބަރު ފީތާ

ޗައިނާ އިންޓަރނޭޝަނަލް ބިގް ޑާޓާ އެކްސްޕޯރ ހުޅުވައިފި

ޗައިނާ އިންޓަރނޭޝަނަލް ބިގް ޑާޓާ އެކްސްޕޯރ ހުޅުވައިފިއެވެ.

އެޤައުމުގެ ގުއިޒީ ޕްރޮވިންސްގައި މިއަދި ހުޅުވި މި އެކްސްޕޯރގައި 30 ޤައުމަކުން 40،000އަށްވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފައެވެ.

60،000 ސްކޮއަރ މީޓަރުގެ ސަރަހައްދެއްގައި ބާއްވާ މި އެކްސްޕޯރގައި ޕެނަލް ޑިސްކަޝަން ކުރިއަށްގެންދިއުމަށް ނިންމާފައިވާ އިރު، އެންމެފަހުގެ ޓެކްނޮލޮޖީ އަމިއްލައަށް އަޖުމަބަލައިލުމުގެ ފުރުޞަތުވެސް ލިބިގެންދާނެކަމަށް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.

4 ދުވަހަަށް ކުރިއަށްދާ މި  އެކްސްޕޯރގެ މަޤުޞަދަކީ އެންމެފަހުގެ ޓެކްނޮލޮޖީއަށް މީހުން އަހުލުވެރިކުރުވުމާއި އަންނަމުންދާ ބަދަލުތައް އަންގައިދިނުންކަމަށްވެސް މި އެކްސްޕޯރ އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.

Rate this post