67 ފުޓްސަލް ދަނޑުގެ މަސައްކަތް ބާރު ސްޕީޑްގައި މަސައްކަތް ހިނގަން ފަށައިފި! 

ޔޫތު މިނިސްޓްރީ އިން އެމް.އާރު.ޑީ.ސީ އާއި ކުރިން ހަވާލުކުރި 67 ފުޓްސަލް ދަނޑުގެ މަސައްކަތް ހައުސިންގ މިނިސްޓްރީ އަދި އެފް.އޭ.އެމް އާއި ހަވާލުކޮށް ބާރު ސްޕީޑްގައި މަސައްކަތް ހިނގަން ފަށައިފި!

ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް މިއަދު ޕާކިސްތާން ސަފީރާއި އެ މިނިސްޓްރީގައި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވަނީ  ސަރުކާރުގެ ސްޕޯޓްސް އެރީނާ މަޝްރޫއުގައި ހިމެނޭ ފުޓްސަލް ދަނޑުތަކުގެ ތެރެއިން އެމް.އާރު.ޑީ.ސީ އާއި ކުރިން ހާވަލުކުރި 67 ފުޓްސަލް ދަނޑުގެ މަސައްކަތް ހައުސިންގ މިނިސްޓްރީއާއި އެފް.އޭ.އެމް އާއި ހަވާލުކޮށް ބާރު ސްޕީޑްގައި މަސައްކަތް ކުރެވެމުންދާކަމަށް ވިދާޅުވެފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވިގޮތުގައި 47 ފުޓްސަލް ދަނޑު އެފް.އޭމް.އާއި ހަވާލުކޮށް މަސައްކަތާއި ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް އެފް.އޭ.އެމް އާއި އެކު ކުރިޔަށް ގެންގޮސްފައިވެއެވެ. އަދި 20 ފުޓްސަލް ދަނޑުގެ މަސައްކަތް ހައުސިންގ މިނިސްޓްރީއާއި ހަވާލު ކުރެވިފައިވާއިރު ހައުސިންގ މިނިސްޓްރީގެ ޓީމާ މިނިސްޓަރ އިރުތިޝާމް އާދަމް ވަނީ މިއަދު ބައްދަލު ކުރައްވާ ފުޓްސަލް ދަނޑުތަކުގެ މަސައްކަތާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. ހައުސިންގ މިނިސްޓްރީއާއި ހަވާލުކުރެވިފައިވާ 20 ފުޓްސަލް ދަނޑުގެ 80 އިން ސައްތަ މަސައްކަތް ނިމިފައިވާކަމަށް ޕާކިސްތާނު ސަފީރާއި ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް ބައްދަލުކުރައްވައި ވަނީ ފާހަގަކުރައްވާފައެވެ.

ޕާކިސްތާނު ސަފީރު ވިދާޅުވިގޮތުގައި ޕާކިސްތާން ސަރުކާރުން ރާއްޖެއަށް ދެމުންގެންދާ ކުޅިވަރު ސާމާނުތަކުގެ އެހީގެ އިތުރުން ދިވެހި ކްރިކެޓް ކުރިއަރުވާ ބައިނަލް އަޤްވާމީ މުބާރާތްތަކުގައި ކުރިޔަށްވުރެން ވަރުގަދަޔަށް ފައިތިލަ ސާބިތުކުރުމުގެ ގޮތުން ކްރިކެޓަށް ބޭނުންވާ ޒަމާނީ ވަސީލާތްތަކާއި ފަންނީ ކަންތައްތަކަށްވެސް އެ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މިދިޔައަހަރު ޕާކިސްތާނު ސަރުކާރުން ރާއްޖެއަށް 500 ފުޓްސަލް ބޯޅަ އާއި 100 ފުޓު ބޯޅަ ހަދިޔާކޮށްފައިވާއިރު މިއަދު ޔޫތު މިނިސްޓްރީގައި ކުރިޔަށްދިޔަ މިބައްދަލުވުމުގައި ޕާކިސްތާނު ސަރުކާރުންވަނީ 800 ފުޓު ބޯޅަ ރާއްޖެއަށް ހަދިޔާކޮށްފައެވެ. އަދި މިނިސްޓަރ އިރުތިޝާމް އާދަމް ވަނީ ޕާކިސްތާނު ސަރުކާރުން ރާއްޖޭގެ ކުޅިވަރު ކުރިއުރުވުމުގައި ވެދެއްވާ އެހީތެރިކަމަށް ޝުކުރު ދަންނަވާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.