ދަރިވަރުން ހާސިލްކުރާ ނަތީޖާގެ މިންވަރު މިފާއިތުވީ 4 އަހަރުވަނީ ވަރަށްބޮޑަށް މަތިކުރެވިފައި: ތަޢުލީމާއިބެހޭ ވަޒީރު

ދަރިވަރުން ހާސިލްކުރާ ނަތީޖާގެ މިންވަރު މިފާއިތުވީ 4 އަހަރުވަނީ ވަރަށްބޮޑަށް މަތިކުރެވިފައިކަމަށް ރާއްޖޭގެ ތަޢުލީމާއިބެހޭ ވަޒީރު ޑރ. ޢައިޝަތު ޝިހާމް ވިދާލުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ ފާއިތުވީ 4 ވަރަކަށްއަހަރު، މުޅި ތަޢުލީމީ ނިޒާމަށް މިގެނެވޭ ބަދަލަކީ މިދެންނެވި އަމާޒަށް ވާސިލްވުމަށް ކުރެވޭ މަސައްކަތްތައް ކަމަށާއި މި މަސައްކަތުގައި އަމާޒުގެ އެންމެ ކުރީގައި ހުރީ ދަރިވަރު ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

”ދަރިވަރުގެ މުޅި ތަރައްޤީއަށް އަމާޒުކުރެވިގެން ކުރަމުންގެންދާ މަސައްކަތްތަކުގައި މާތްﷲގެ ހެޔޮ ރަޙްމަތްފުޅާއެކު، މި މަސައްކަތުގައި އަޅުގަނޑުމެން ކުރިއަށް ދިއުމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމް ދެއްވަމުން ގެންދަވާ ލަފާފުޅާއި އެއްބާރު ލެއްވުން ފާހަގަކޮށް، މުޅި ތަޢުލީމީ ދާއިރާގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަނަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމަށް ޝުކުރު ދަންނަވަން.“ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާއެކު، ތަޢުލީމީ ދާއިރާއަށް ގެނެވޭ އިންޤިލާބީ ބަދަލުގައި މިއަދަކީ އަނެއްކާވެސް އުފާވެރި އަދި ވަރަށް ޚާއްސަ ދުވަހެއް ކަމަށާއި ތަހުޒީބު މުޖުތަމަޢެއް ބިނާކުރުމަށް އަޅުގަނޑުމެން ފަށާފައިވާ ދަތުރުގައި މާތްﷲގެ ހެޔޮ ރަޙްމަތްފުޅާއެކު މިއަދު މިފަށާ ދަތުރަކީ މުޅި ތަޢުލީމީ ނިޒާމު ބަދަލުވެގެންދާނެ ދަތުރެއް ކަމަށެވެ.

މިމޭރުމުން ވާހަކަ ކުރިއަށް ގެންދަވަމުން ވަޒީރު ވިދާޅުވީ މިއީ ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅިއަށް ބަދަލުތަކެއް އަންނާނެ ދަތުރެއް ކަމަށާއި ކުދިންގެ ވިސްނުމަށް ބަދަލުތަކެއް އަންނާނެ ދަތުރެއް ކަމަށެވެ. އަދި މަޢުލޫމާތުގެ ޚަޒާނާއެއް ދަރިވަރުންނާއި ޓީޗަރުންނާއި ބައްދަލުކުރާނެ ދަތުރެއްގެ އިތުރުން މަޢުލޫމާތު ހޯދުމާއި މަޢުލޫމާތު ބަދަލުކުރުމުގެ މަގު ފަހިވެގެންދާނެ ދަތުރެއް ކަމަށެވެ.

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.