ޚަބަރު ފީތާ

ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ ޓީޗަރުންނަށް ޓެބްލެޓް ޙަވާލުކުރެވޭނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވެއްޖެ

ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ ޓީޗަރުންނަށް ޓެބްލެޓް ޙަވާލުކުރެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢައިޝަތު ޝިހާމު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރަމްޒީކޮށް އިސްކަންދަރު ސްކޫލްގެ ޓީޗަރުންނާ ޓެބްލެޓް ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

21 ވަނަ ޤަރުނަށް ފައްކާކުރެވިފައިވާ ދަރިވަރުން ތައްޔާރުކުރުމަށް ކިޔަވައިދިނުމުގައި އިންފޮރމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީއާއެކު ޓެބްލެޓް ބޭނުންކުރަންފަށާއިރު، މި ތަކެތި ބޭނުންކުރުމަށް ޓީޗަރުންނަށް ދޭންޖެހޭ ތަމްރީނުތައް ކާމިޔާބުކަމާއެކު ދެވިފައިވާކަން އުފަލާއެކު ފާހަގަ ކުރާ ކަމަށާއި މިކަމަށްޓަކައި ޓީޗަރުންނަށް އަމާޒުކުރެވިގެން ހިންގުނު ލެވަލް 1 އަދި 2 ގެ ތަމްރީނުތައް ރާއްޖޭގެ ހުރިހާ ޓީޗަރުންވެސް ފުރިހަމަކުރައްވާފައިވާކަމީ، އެކަމަނާއަށް ލިބޭ ވަރަށްބޮޑު އުފަލެއް ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުުރުން މި ތަމްރީނުތަކުގައި ބައިވެރިވި ހުރިހާ ޓީޗަރުންނަށާއި ތަޢުލީމީ ދާއިރާއަށް މި ގެނެވޭ ބަދަލުގައި އަބަދުވެސް ސާބިތުކަމާއެކު ތިއްބަވާ ޓީޗަރުންނަށާއި ސްކޫލްތަކުގެ އިސްވެރިންނަށް ނުހަނު އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

”ކިޔަވައިދިނުމުގައި ޓެބްލެޓް ބޭނުންކުރުމަށް ނިންމުމާއި ގުޅިގެން ކުރެވުނު މުހިއްމު މަސައްކަތްތަކުގެ ތެރޭގައި، ސްކޫލްތައް އެކަމަށް ތައްޔާރުކުރުމާއި އިންޓަރނެޓް ސްކޫލްތަކުގައި ލިބޭނެގޮތް ހަމަޖެއްސުމުގެ މަސައްކަތްވަނީ ނިމިފައި. އަދި ސްކޫލުގެ ނަމަށް ނިސްބަތްވާގޮތަށް، ކޮންމެ ދަރިވަރަކަށް، ކޮންމެ ޓީޗަރަކަށް، އަދި ކޮންމެ މުވައްޒަފަކަށް ރަސްމީ އީމެއިލް އެކައުންޓްހުޅުވައި،އެކަން އެ ފަރާތްތަކަށް މިހާރުވާނީ އެންގިފައި“ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

ޑރ. ޢައިޝަތު ޝިހާމް ވިދާޅުވީ ވަރަށް އަވަހަށް ބޭއްވޭ މިފަދަ އުފާވެރި ރަސްމިއްޔާތެއްގައި ދަރިވަރުންނަށްވެސް ޓެބްލެޓް ޙަވާލުކުރެވިގެންދާނެ ކަމަށެވެ.

Rate this post