
ވެމްކޯއިން ރަމަޟާން މަހު ގޭބިސީތަކުން ކުނިނަގާ ވަގުތު އިތުރުކޮށްފި
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ރަމަޟާން މަހު ގޭބިސީތަކުން ކުނިނަގާ ވަގުތު އިތުރުކޮށްފިއެވެ.
އެ ކުންފުނިން ބުނީ މިބަދަލު ގެނައީ ގޭބިސީތަކުގައި ހުންނަ ހުރިހާ ކުންޏެއް ނެގުމަށް ދަތިވާތީ އެކަމަށް ޙައްލެއް ގެންއުމަށް ކަމަށެވެ. އަދި މިހާރު ގެނައި ބަދަލާއެކު މެންދުރު 14:00 ން ހަވީރު 17:00 އަށްވެސް ކުނި ނަގާނެ ކަމަށެވެ.
ވެމްކޯއިން ކުރިން ހަމަޖައްސާފައިވަނީ ހަމައެކަނި ރޭގަނޑު 20:00 ން 00:00އަށް ގޭބިސީތަކުން ކުނި ނެގުމަށެވެ. އެހެންނަމަވެސް އެކުންފުނިން ދިރާސާ ކުރުމަށްފަހު، ޚާއްޞަކޮަށް ރަމަޟާން މަހު އިތުރު ވަގުތު ކުނި ނަގަންޖެހޭކަމަށް ފެންނަ ކަމަށްވެސް ވެމްކޯ އިން ބުންޏެވެ.
މި ގެނައި ބަދަލާއެކު އެ ކުންފުނިން ޚިދުމަތް ހޯދާ ފަރާތްތަކަށް އިތުރަށް ފަސޭހަވެގެންދާނެކަމަށް ވެމްކޯއިން ބުނެއެވެ.



