ޚަބަރު ފީތާ

ރަމަޟާން މަހަށް ޒިޔާރަތް މިސްކިތް ހުޅުވައިފި

ރަމަޟާން މަހަށް ޒިޔާރަތް މިސްކިތް ވަގުތީގޮތުން ހުޅުވައިފިއެވެ.

ޔުނިވަރސަލް އެންޓަރޕްރައިސަސްގެ ފަރާތުން ޢިމާރާތްކުރި މި މިސްކިތް ހުޅުވައިދެއްވީ މިއަދު ހުކުރު ނަމާދު ވަގުތު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއެވެ.

ކުރީގެ ޒިޔާރަތް މިސްކިތް ހުރިތަނުގައި ބިނާކުރި މި މިސްކިތަކީ ޒަމާނީ ފެންވަރަށް، ތިން ފަންގިފިލާއަށް ޢިމާރާތްކޮށްފައިވާ މި މިސްކިތުގައި އެއްފަހަރާ 1200 އަށް ވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭނެ މިސްކިތެކެވެ.

ރައީސުލްޖުމްހޫރިއްޔާ، ޒިޔާރާތް މިސްކިތް ހުޅުވައިދެއްވުމަށްފަހު، ހުކުރު ނަމާދު ޖަމާޢަތުގައި ކުރެއްވިއެވެ.

Rate this post