މުފްތީ މެންކުގެ “މުސްލިމު ޒުވާނުންނަށް މެސެޖެއް” މިރޭ އައްޑޫސިޓީގައި

މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ އިސްމާއިލް މެންކު، އައްޑޫސިޓީގައި މިރޭ ދަރސް ދެއްވާނެއެވެ.

ޢާންމުކޮށް ހުޅުވާލައިގެން ” މުސްލިމު ޒުވާނުންނަށް މެސެޖެއް” ގެ ނަމުގައި ބާއްވާ މި ދަރުސް އޮންނާނީ ނޫރާނީ ސްކޫލު ހޯލުގައެވެ. ދަރުސް ފަށާނީ މިރޭ 21:15 ގައެވެ.

އިޝްތިހާރު Below Header ad

ދިވެހި ސަރުކާރުގެ ދައުވަތަކަށް ރާއްޖެ ވަޑައިގެން އުޅުއްވާ މުފްތީ އިސްމާއިލް މެންކު ވަނީ މިއަދުގެ ވަގުތެއްގައި އައްޑޫސިޓީއަށް ވަޑައިގެންފައެވެ.

މިއީ އިސްލާމިކް މިނިސްޓްރީއާއި އައްޑޫސިޓީގައި ހަރަކާތްތެރިވާ ދީނީ ތިން ޖަމްޢިއްޔާއެއް ކަމަށްވާ ނޫރުލް އިސްމްއާއި ޖަމްޢިއްޔަތުލް އުލަމާ އަދި ރަބީޢުލް ޤުލޫބް ފައުންޑޭޝަނާއި ގުޅިގެން ބާއްވާ ދަރުހެކެވެ.

ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް މާދަމާރޭ އިސްލާމީ މަރުކަޒުގައި ބާއްވާ އިޙްޔާ ޖަލްސާގައިވެސް މުފްތީ މެންކު ދަރުސްދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.