ޚަބަރު ފީތާ

ކާށިދޫގައި 50 އެނދުގެ ސިޓީ ހޮޓަލެއް އެޅުމަށް ސީ ކްރޮސް މޯލްޑިވްސް އާޙަވާލުކޮށްފި

ކ. އަތޮޅު ކާށިދޫގައި 50 އެނދުގެ ސިޓީ ހޮޓަލެއް އެޅުމަށް ސީ ކްރޮސް މޯލްޑިވްސް ކުންފުންޏާ ޙަވާލުކޮށްފިއެވެ.

އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ކާށިދޫގައި މިއަދު ބޭއްވި ޝަރަފްވެރިކޮށްދެއްވީ ހޯމް މިނިސްޓަރ އަހުމަދު އަޒްލީން އެވެ.

ކާށިދޫ ކައުންސިލުން ބުނީ ސިޓީ ހޮޓަލެއް އަޅަން 200،000 އަކަފޫޓުގެ ބިން ދޫކޮށްފައިވާ ކަމަށާއި އެ ހޮޓަލުގެ މަސައްކަތް ދެ އަހަރުގެ ތެރޭގައި ނިންމަން ޖެހޭ ކަމަށެވެ.

މި މަސައްކަތުގެ ކޮންޓްރެކްޓަރ ބުނީ ކާށިދޫ ހުޅަނގު ފަރާތު އަތިރިމަތީގައި ގާތްގަޑަކަށް 5 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ހަދާ 50 ބީޗް ބަންގްލޯ ހިމެނޭ ސީޓީ ހޮޓާ އަންނަ ޑިސެމްބަރު މަހު ފަށާނެ ކަމަށެވެ.

އަދި އެ ހޮޓަލުގެ ސަބަބުން އެ ރަށުގެ ގިނަ ބަޔަކަށް ވަޒީފާގެ ފުރުޞަތުތަކެއް ލިބި ރަށަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.

 

Rate this post