އުރީދޫގެ އައު ޕޯސްޓްޕެއިޑް ކެމްޕެއިން ފަށައިފިއެވެ.
އުރީދޫ އިން އަލަށް ތައާރަފްކޮށްފައިވާ ޕޯސްޓްޕެއިޑް ޕްލޭންތައް ބޭނުންކުރައްވާ ކަސްޓަމަރުންނަށް ލިބިގެންދާ ގިނަގުނަ ތަފާތު ފައިދާތައް ދައްކުވައިދޭ ޚާއްޞަ ކެމްޕެއިނެކެވެ.
އުރީދޫގެ މެނޭޖަރ ޕޯސްޓްޕެއިޑް ބިޒްނަސް، ދިޔާނާ އަފީފް ވިދާޅުވީ އުރީދޫއިން އަބަދުވެސް މަސައްކަތްކުރަމުން ގެންދަނީ ކަސްޓަމަރުންނަށް ޚިދުމަތް ބޭނުންކުރުމުގައި ދެމެހެއްޓެނިވި ގޮތެއްގައި އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށް ކަމަށެވެ. އަދި އުރީދޫގެ ފަހުގެ ޕޯސްޓްޕެއިޑް ޕެކޭޖްތަކަކީ ރާއްޖޭގައި އެންމެ ފުރިހަމަ ޕެކޭޖްތައް ކަމަށެވެ.
މީގެ އިތުރުން މިޕެކޭޖްތަކަކީ އެންމެހާ ކަސްޓަމަރުންގެ ބޭނުންތަކަށް ފެތޭނެފަދައިން ތައްޔާރުކުރެވިފައިވާ އަންލިމިޓެޑްކޮށް ގުޅާ އަދި އެސްއެމްއެސްކޮށްލެވޭ އަދި އެންމެ ބޮޑު ޑޭޓާ އެލަވެންސްތައް ހިމެނޭނެ ޕެކޭޖްތަކެއް ކަމަށާއި މިޕެކޭޖްތައް ނެންގެވުމުން އެތަކެއް އިތުރު ފައިދާތަކެއް އެކުލެވިގެންވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
“ އޭގެ ތެރޭގައި އެންމެ ފަހުގެ ފޯނުތައް އިންސްޓޯލްމެންޓް ސްކީމްގެ ދަށުން ކަސްޓަމަރުންނަށް ލިބުން، ޕެކޭޖް ނެންގެވުމުން ލައިފް އިންޝުއަރެންސް ލިބުން، އަދި ރާއްޖޭގެ މަޤްބޫލް އައުޓްލެޓްތަކާއި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުން ވަރަށް ފުރިހަމަ ޑިސްކައުންޓްތައް ލިބުން ފަދަ ގިނަ ފައިދާތަކެއް ހިމެނޭ.“ އަފީފާ ވިދާޅުވިއެވެ.
އުރީދޫގެ ފަހުގެ ޕޯސްޓްޕެއިޑް ޕެކޭޖްތަކާއެކު، ހެޔޮ އަގުތަކުގައި މާކެޓުގެ އެންމެ ފުރިހަމަ ފައިދާތައް ލިބިގެންދާ އިރު، އުރީދޫ ޕޯސްޕެއިޑް ކަސްޓަމަރުންނަށް މުޅި ދިވެހިރާއްޖޭގައި ބޭނުންކުރެވޭ ހަމައެކަނި 4G+ ނެޓްވާރކްގައި ބޭނުންކުރުމަށް، އަންލިމިޓެޑް ކޯލް، އެސްއެމްއެސް އަދި ޑޭޓާވެސް ލިބިގެންދެއެވެ. އަދި އުރީދޫގެ އައު ޕޯސްޓްޕެއިޑް ޕްލޭންތައް ބޭނުންކުރައްވާ ބޭފުޅުންނަށް، އެންމެ މަޤްބޫލު ސްމާޓްފޯނުތައް ޚިޔާރުކުރުމަށް ވަރަށް ފުރިހަމަ އިންސްޓޯލްމަންޓް އޮފަރ ތަކެއް ވަނީީ ހުޅުވާލެވިފައެވެ. މީގެ ތެރޭގައި އެންމެ ފަހުގެ ސްމާޓްފޯނުތަކުން ފެށިގެންގޮސް، މަހަކު އެންމެ 100ރ. އަށް ބައްލަވައިގަނެވޭ އަގުހެޔޮ ސްމާޓްފޯނުތައްވެސް ހިމެނެއެވެ.
އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ކްލަބް ޕްރިމިއަރ މެދުވެރިކޮށްވެސް ވަރަށް ޚާއްޞަ އަދި ފައިދާތަކުން ފުރިގެންވާ ޚިދުމަތްތަކެއް ފޯރުކޮށްދެވެއެވެ. މީގެތެރޭގައި މުޅިން އަލަށް ތަޢާރަފްކޮށްފައިވާ ލައިފް އިންޝުއަރެންސް ފާހަގަކޮށްލެވެއެވެ. މި ޚިދުމަތް ކަސްޓަމަރުންނާއި ހަމައަށް މިމަސްތެރޭގައި ގެނެސްދިނުމަށް، އެލައިޑް އިންޝިއުރަންސް އާއި އެކު އުރީދޫ އިން ދަނީ ވަރަށް ގާތުން މަސައްކަތްކުރަމުންނެވެ.
ދުނިޔޭގެ އެކިކަންކޮޅުތަކުގައިވާ 1000 އަށް ވުރެ ގިނަ އެއަރޕޯޓު ލައުޖުތަކަށް އެކްސެސް މުޅިން ހިލޭ ލިބިގެންދާ ޕްރައޯރިޓީ ޕާސް މެމްބަރޝިޕުގެ ތެރޭގައި ކްލަބް ޕްރިމިއަރ ލައުންޖުގެ ޚިދުމަތް، ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށް ޚާއްސަ ހެލްޕްލައިން، އުރީދޫގެ ޕްރޮމޯޝަންތައް އަދި ޚިދުމަތްތަކުން، ވަކިން ޚާއްޞަ އޮފަރތައްވެސް ހިމެނެއެވެ.
އުރީދޫގެ ޕޯސްޓްޕެއިޑް ޕެކޭޖްތަައް ޚިޔާރުކޮށް، އެއާއިއެކު ލިބިގެންދާ ގިނަ ގުނަ ފައިދާތައް ބޭނުންކުރުމަށް އެކުންފުނިން އެންމެހާ ރައްޔިތުންނަށް ދަޢުވަތު އަރުވާ އިރު، އިތުރު މައުލޫމާތު ހޯއްދެވުމަށް، ނުވަތަ އުރީދޫގެ ފުރިހަމަ ޕޯސްޓްޕެއިޑް ޕޯޓްފޯލިއޯ ބައްލަވާލުމަށް، ore.do/postpaid އަށް ޒިޔާރަތްކުރެއްވުމަށް އެ ކުންފުނިން އެދެއެވެ.