
ފެނަކައިގައި ބޭނުންކުރުމަށް އައު ބިލިންގ ސޮފްޓްވެއަރއެއް އިފްތިތާހުކޮށްފި
ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އަތޮޅުތެރޭގައި ދެމުންގެންދާ ކަރަންޓް ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ހިންގަމުން ގެންދާ ޚާއްޞަ މަސްރޫޢުއެއްގެ ދަށުން ފެނަކައިގައި މިހާތަނަށް ބޭނުންކުރުމުން އައި ބިލިންގ ސޮފްޓްވެއަރގެ ބަދަލުގައި އައު އޮންލައިން ބިލިންގ ސޮފްޓްވެއަރއެއް ޑިވަލޮޕްކޮށް އެ ސޮފްޓްވެއަރ އިފްތިތާހް ކޮށްފިއެވެ.
ޝްވެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޑިވޮލަޕް ކޮށްފައިވަނީ މި ސޮފްޓްވެއަރ އިފްތިތާޙުކޮށްފައިވަނީ ޝީ ބިލްޑިންގގެ ޖަލްސާކުރާ މާލަމުގައި މިއަދު ބޭއްވި ޙަފުލާއެއްގައެވެ. މި ހަފްލާ ޝަރަފްވެރި ކޮއްދެއްވީ އިލެކްޝަން ކަމިޝަންގެ ރައީސް އަހްމަދު ޝަރީފެވެ.
މި ސޮފްޓްވެއަރ އިފްތިތާހް ކޮށްދެއްވީ އިލެކްޝަން ކަމިޝަންގެ ރައީސް އަހްމަދު ޝަރީފާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ލަމްޢާން އެވެ.
މި ހަފްލާގައި އިލެކްޝަން ކަމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ ފެނަކައިގެ ހަޔާތުގައި މިއަދަކީ ވަރަށް ބޮޑު ކާމިޔާބެއް ހާސިލް ކުރެވުނު ދުވަހެއް ކަމަށާއި މި ބިލިންގ ސިސްޓަމްގެ ސަބަބުން އެތައް ގޮތަކުން ޚިދުމަތުގެފެންވަރު ރަނގަޅުވެގެން ދާނެކަމަށެވެ. އަދި މިއަދު ފެނަކަ ހިންގެވުމާހަވާލުވެ ހުންނެވި މުހައްމަދު ލަމްޢާނަކީ ފެނަކައިގެ މިސްރާބު ވަރަށް ރަނގަޅަށް އެނގިވަޑައިގެންނަވާ ބޭފުޅެއްކަމަށެވެ.
މިހަފްލާގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ލަމްޢާންވިދާޅުވީ މި ސޮފްޓްވެއަރ ޑިވޮލަޕް ކޮށްދެއްވި ޝްވެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ޚާއްޞަ ޝުކުރެއް ދަންނަވާ ކަމަށާއި މި ޤާއިމްކުރެވުނު ނިޒާމްގެ ސަބަބުން ހިސާބުކިތާބު ބެލެހެއްޓުމުގައި ވަރަށް ބޮޑު ލުއިފަސޭހައަކާއި ޔަޤީންކަމެއް ލިބިގެންދާނެކަމަށެވެ.
އަދުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމު ޤައުމުގެ ތަރައްޤީއަށް ކޮށްދެއްވާ މަސައްކަތުގެ ތެރެއިން ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަކީ އަމާޒު ކަމަށާއި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދަންނަވާކަމަށެވެ.
މި ސޮފްޓްވެއަރގެސަބަބުން ހުރިހާ ބްރާންޗްތަކާއި ހެޑް އޮފީސްތައް އެއްނިޒާމެއްގެތެރެއަށް ލެވި އެއްސިސްޓަމަކުން ފެނާއި ކަރަންޓުފަދަ ހުރިހާ ޚިދުމަތެއް ދެވޭނެއެވެ. އަދި ކަސްޓަމަރުންނަށް ޚާއްޞަ ޕޯޓަލްއަކާއި އޮންލައިންކޮށް ބިލުގެ ތަފްޞީލު ބަލާލުމުގެ ފުރުޞަތާއި ކަސްޓަމަރުންނަށް ބޭނުންވާ އެންމެހައި މަޢުލޫމާތާއި ފައިސާ ދެއްކޭނޭ ގޮތާއި ކަސްޓަމަރުންނަށް ޚާއްޞަ މޮބައިލް ފޯން އެޕެއް މި ސޮފްޓްވެއަރގައި ހިމެނެއެވެ.



