ވެމްކޯގެ އައު ޔުނިފޯމް އަންނަ އަންނަ ހަފުތާގައި ބޭނުންކުރަން ފަށަނީ..
ވެމްކޯގެ މުއައްޒަފުން ބޭނުންކުރާ އައު ޔުނިފޯމް އަންނަ ހަފުތާގައި ބޭނުންކުރަން ފަށާނެކަމަށް ވެމްކޯއިން ބުނެފިއެވެ.
މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނިން ބުނީ ވެށިފާރަވެރިން ނުވަތަ ގޭގެއިންނާއި ވިޔަފާރިކުރާ ތަންތަނުން ކުނި އުކާ އެކުްނފުނީގެ މުވައްޒަފުން ދެން ތިބޭނީ ގަދަ ފެހިކުލައިގެ ޔުނީފޯމުގައި ކަމަށެވެ. އަދި ވިއްސާރާ ދުވަސްތަކުގައި އެ މުވައްޒަފުން ބޭނުންކުރާނީ ކަޅު ކުލައިގެ ކޯޓެއް ކަމަށެވެ.
ވެށިފާރަވެރިންގެ އިސްކޮށް މަސައްކަތްކުރާ ޑިއުޓީ އޮފިސަރުންނާއި ޑްރައިވަރުންގެ ޔުނީފޯމަށްވެސް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން މަޑުފެހި ކުލައިގެ ޓީޝާޓެއް އެމީހުން ބޭނުންކުރާ އިރު، ޑިއުޓީ އޮފިސަރުންގެ ޔުނީފޯމާއެކު ޑޭޓާ ނެގުމުގައި ބޭނުންކުރާ ޓެބްލެޓުތައް ބޭނުންކުރުމުގެ ގޮތުން ދަބަހެއްވެސް ބޭނުންކުރާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ވެމްކޯގެ ޓްރާންސްފަރ ސްޓޭޝަންތަކުގައި މަސައްކަތްކުރާ މުއައްޒަފުން ދެން ބޭނުންކުރާނީ އޮރެންޖު ކުލައިގެ ވެސްޓެއް ކަަމަށްވެސް ވެމްކޯއިން ބުންޏެވެ.
ވެމްކޯގެ ވެށިފާރަވެރިން ބޭނުންކުރަނީ ވެމްކޯގެ ލޯގޯ ޖަހާފައި ހުންނަ، ކަޅު ކުލައާއި ފެހި ކުލަ ހުންނަ ޓީޝާޓެކެވެ.