އޭސް ހާޑްވެއަރގެ “ރޯދަ ބަަދަލު” ޕްރޯޝަން ޖޫން 15ގެ ނިޔަލަށް..
އޭސް ހާޑްވެއަރގެ “ރޯދަ ބަަދަލު” ޕްރޯޝަން ފަށައި، ޖޫން 15ގެ ނިޔަލަށް ކުުރިއަށް ގެންދާގޮތަށް ހަމަޖައްސައިފިއެވެ.
އޭސް ހާޑްވެއަރ އާއި ކަލަރބޭންކުގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ވިޔަަފާރިކުރާ މީހުންނަށް 80- 90 ޕަސެންޓާއި ހަމައަށް ޑިސްކައުންޓް ލިބޭ އިރު، ސޯޝަލް މީޑިއާ މެދުވެރިކޮށް ތަފާތު އަދި އަގުހުރި އިނާމުތައްވެސް ލިބޭގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި 300ރ. އަށް ވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އިރު، ގުރުއަތުން ހޮވޭ މީހަކަށް 300،000ރ. ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ފައިބެއަހަރުތަކުގައިވެސް ރޯދަ މަހާ ދިމާކޮށް އޭސް ހާޑްވެއާ އާއި ކަލާ ބޭންކު ގުޅިގެން ބޮޑެތި އިނާމުތަކާއި ޑިސްކައުންޓްތައް ލިބޭ ޕްރޮމޯޝަންތައް ހިންގާފައިވާ އިރު، އެ ކުންފުނިން ބުނީ މިފަދަ ޕްރޮމޯޝަން ބޭއްވުމުގެ އެންމެ ބޮޑު މަޤްޞަދަކީ ކަސްޓަމަރުންގެ ފަރާތުން އެ ފިހާރަތަކަށް ލިބޭ ތަރުހީބު ބަލައިގަތުން ކަމަށެވެ.
ކޯ- ލޯޑް މޯލްޑިވްސްގެ ދަށުން ހިންގާ ދެ ފިހާރައިގެ ތެރެއިން އޭސް ހާޑްވެއަރ އަކީ އޭސް އިންޓަރނޭޝަނަލްގެ ފްރެންޗައިސް އެގްރިމެންޓެއްގެ ދަށުން ސާކް ރީޖަންގައި ހުޅުވި އެ ބްރޭންޑްގެ ފުރަތަމަ ފިހާރައެވެ.