އީރާނާ ދެކޮޅަށް ޓްރަމްޕްކުރާ ހަނގުރާމަ އަލުން ފެށުމުގެ ފުރުސަތު ބޮޑީތޯ ނުވަތަ ކުޑައީތޯ؟

ބުދަ ދުވަހު ތެލުގެ އަގު ދަށަށް ދިއުމުން މަސްރަހު އިތުރަށް ގޯސްވުމުގެ ފުރުސަތު ކުޑަކަމަށް ފެނުނު ނަމަވެސް ބައެއް ތަހުލީލުވެރިން ގަބޫލުކުރާ ގޮތުގައި އިންތިޚާބީ ނަތީޖާއާ މެދު ހިތްހަމަނުޖެހިހުރި ޓްރަމްޕް، އީރާނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަކީ އެކަށީގެންވާ ކަމެކެވެ.

އަންގާރަ ދުވަހު ބޭއްވި މިޑްޓާމް އިންތިޚާބުގައި ޑިމޮކްރެޓުން ބޮޑު ކާމިޔާބީއެއް ހޯދާފައިވާއިރު މުހިންމު ސުވާލެއް އަދިވެސް އޮތީ ނުއުފެދިފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެއީ އިންތިޚާބުގެ ފޯރި ނިމުމަކަށް އައުމުން ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ އަލުން ފެއްޓުމުގެ ފުރުސަތު މިހާރު ބޮޑީތޯ ނުވަތަ ކުޑައީތޯއެވެ؟

މިޑްޓާމް އިންތިޚާބުގެ ކުރިން އެމެރިކާއިން އީރާނާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި އާ ހަމަލާތަކެއް ދިނުމުގެ ތައްޔާރީތައް ވަމުންދާ ކަމަށް ބެލެވުނެވެ.

އެމެރިކާގެ ޑިޕްލޮމެޓުންގެ އާއިލާތައް އެ ސަރަހައްދުން ބޭރުކޮށް އިތުރު އަސްކަރީ ވަސީލަތްތައް މެދުއިރުމައްޗަށް ޖަމާކުރި އެވެ. އަދި ޢަރަބި ޤައުމުތަކުގެ ލީޑަރުން ވަނީ ބިރުވެރި އާ ހަނގުރާމައެއް ފެށިދާނެ ކަމުގެ ނުސީދާ އިންޒާރުތަކެއްދީފަ އެވެ.

ނަމަވެސް އިންތިޚާބާ ދިމާކޮށް ޑިޕްލޮމެޓުންނާއި ތަހުލީލުވެރިން އުންމީދުކުރި ފަދަ ހަމަލާއެއް ނުފެނުނެވެ.

އޭގެ ބަދަލުގައި ރިޕަބްލިކަން ޕާޓީން މިހާރު ތުހުމަތު ކުރާ ގޮތުގައި އެ ޕާޓީއަށް ކުރިމަތިވި ބޮޑު ނާކާމިޔާބީގެ ޒިންމާ އުފުލަންޖެހެނީ އީރާނު ހަނގުރާމައާއި އިސްރާއީލާ އޮތް ގުޅުމެވެ.

ބުދަ ދުވަހު ޓްރަމްޕް ބުނީ އީރާނު ހަނގުރާމައާއި އޭގެ ސަބަބުން އުފުލުނު ތެލުގެ އަގުތަކަކީ އެ ޕާޓީއަށް ކުރިމަތިވި ތާރީޚީ ނާކާމިޔާބީގެ މައިގަނޑު ސަބަބު ކަމަށް ބުނާ ބުނުމަކީ ބޮޑު ތެދެއް ކަމަށެވެ.

”އަހަރެމެން ބަލިވީ ހަނގުރާމައިގެ ސަބަބުން. ރައީސް އަމިއްލައަށް އެކަން ފާހަގަކުރި،“ ނައިބު ރައީސް ޖޭޑީ ވެންސް މިއަށްވުރެ ސީދާކޮށް ބުންޏެވެ.

އޭނާ އިތުރަށް ބުނީ ޓްރަމްޕް ސަރުކާރުން އިސްރާއީލާ ބޭއްވި ގާތް ގުޅުމަކީވެސް ޕާޓީ ބަލިވާން މެދުވެރިވި ސަބަބެއް ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރައީސްގެ ދޮށީ ދަރި ޑޮނަލްޑް ޓްރަމްޕް ޖޫނިއަރ ވަނީ ވެންސްގެ މި ތަހުލީލަށް ތާއީދުކޮށް ’އެކްސް‘ ގައި ޕޯސްޓް ކޮށްފަ އެވެ.

ވައިޓް ހައުސްގެ މަސްދަރުތަކުން ބުނާ ގޮތުގައި އޭނާއަކީ އެމެރިކާއިން އެހެން ޤައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމާ ދެކޮޅު އަދި އީރާނު ހަނގުރާމައާ ފާޅުގައި ދެކޮޅު ހަދާ މީހެކެވެ.

ބުދަ ދުވަހު ތެލުގެ އަގު ނުވަ އިންސައްތަ ދަށަށް ދިއުމުން ދޭހަވަނީ މަސްރަހާ މެދު އޮތް އުންމީދުތަކަށް ބަދަލު އައިސްފައިވާ ކަމެވެ. ’އެމީނާ ސްޓްރެޓެޖީސް‘ ގެ ފައުންޑަރ އަދި ސީއީއޯ މެރިސާ ޚުރުމާ ބުނިގޮތުގައި  އިންތިޚާބުގެ ނަތީޖާއާއެކު ޓްރަމްޕްގެ އަރިސް މީހުންނާއި ކޮންގްރެސްއިން ރައީސް ހަނގުރާމަ އަލުން ފެއްޓުމަކަށް ހުރަހެއް ނާޅައެވެ.

”މިކަން ބިނާވެފައި އޮތީ ހައުސް އާއި ސެނެޓްގެ މެންބަރުން ގުޅިގެން އީރާނާ މެދު ގެންގުޅޭ ސިޔާސަތު ބަދަލުކުރުމަށް ކުރާ މަސައްކަތަށާއި ޓްރަމްޕްގެ މުޝީރުން އޭނާއަށް ދޭ ލަފާގެ މައްޗަށް،“ ބޭކަރ އިންސްޓިޓިއުޓްގެ ފެލޯއެއްގެ މަގާމުވެސް ފުރުއްވާ ޚުރުމާ ފާހަގަކުރި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.