ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދީގެން ރާއްޖޭގެ ތަރިކައިގެ ދަފްތަރެއް އެކުލާވާލަނީ

ރާއްޖޭގެ ތަރިކައިގެ ދަފްތަރެއް އެކުލާވާލުމުގެ މަސައްކަތަކީ ޑިޕާޓްމަންޓް އޮފް ހެރިޓޭޖް އިން ވަރަށް ބޮޑު އަހަމިއްޔަތެއްދީގެން ކުރަމުން އަންނަ މަސައްކަތެއްކަމަށް ތަޢުލީމާއިބެހޭ ވަޒީރު ޑރ. ޢައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ޑރ. ޢައިޝަތު ޝިހާމް ވިދާޅުވީ މިފަދަ ދަނޑިވަޅެއްގައި އޮކްސްފޯޑް ސެންޓަރ ފޮރ އިސްލާމިކް ސްޓަޑީޒްގެ ފަރާތުން އިސްނަންގަވައިގެން މޯލްޑިވްސް ހެރިޓޭޖް ސަރވޭގެ ނަމުގައި ދިވެހިރާއްޖޭގެ އާސާރީ ތަރިކައިގެ ދަފްތަރެއް ކިތާބު ކުރުމަށް މިވަނީ ޑިޕާޓްމަންޓް އޮފް ހެރިޓޭޖް އާއި އެކު 2 އަހަރު ދުވަހުގެ އެގްރީމެންޓް އެއްގައި ސޮއިކުރައްވާފައިވާ ކަމަށެވެ.

އިޝްތިހާރު Below Header ad

“މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ހުރި ނެތި ހިނގައިދާނެ ކަމުގެ ބިރު ހީވާ އާސާރީ ތަރިކަ ކިޠާބުކޮށް، މުޅި ދުނިޔެއަށް ފަސޭހައިން ފެންނާނެ ގޮތަށް “އޯޕަން އެކްސެސް އޮންލައިން ހެރިޓޭޖް ޑޭޓާބޭސް” އެއް ތައްޔާރުކުރުން.” އެކަމަނާ ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ ރާއްޖޭގެ ސަޤާފީ ތަރިކަ ރައްކައުތެރިކޮށް އަންނަން އޮތް ޖީލުތަކަށް ގެންގޮސްދިނުމަށް ކުރާ އެންމެ ބޮޑު އަދި އެންމެ މުހިންމު މަސައްކަތަކީ ރާއްޖޭގެ ރައްޔިތުންގެ މެދުގައި އާސާރީ ތަންތަނާއި ތަކެއްޗާއި ކަންކަމާމެދު ހޭލުންތެރިކަން އުފެއްދުމާއެކު، މި ދާއިރާއިން މީހުން ތަމްރީނުކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރުކުރުން ކަމަށެވެ.

ޑރ. ޢައިޝަތު ޝިހާމް އިތުރަށް ވިދާޅުވީ ތަރިކަ ރައްކައުތެރިކުރެވޭނީ މުޖުތަމަޢުގައި މި ކަމުގެ ހޭލުންތެރިކަން އުފެދިގެންކަމީ ޤަބޫލުކުރަންޖެހޭ ހަޤީޤަތެއް ކަމަށާއި މިފަދަ ޑޭޓާބޭސް އެއް އެކުލަވާލުމުން ދިވެހީންގެ އިތުރުން ބޭރުގެ ދިރާސާ މަސައްކަތްތަކަށް ވެސް ބޭނުންވާ މަޢުލޫމާތު ފަސޭހައިން ލިބޭނެ އިންތިޒާމެއް ޤާއިމް ވެގެންދާނޭ ކަމީ ޝައްކެއް ވެސް ނެތްކަމެއް ކަމަށެވެ.

ހަމައެއާއެކު، މުޅި ރާއްޖެއަށް ޒަމާނީ ތަޢުލީމު އާންމުވެފައިވާ ދަނޑިވަޅެއްގައި މި ޑޭޓާބޭސް ވެގެންދާނީ ދިވެހި ދަރިވަރުންނަށް ދިވެހީންގެ ތަރިކައާއި ބެހޭ މަޢުލޫމާތު ލިބިގެންދާނެ މުއްސަނދި ވަސީލަތަކަށް ކަމަށާއި ޤަޢުމުދެކެ ލޯބިވާ ދިވެހި ޝަޚްސުތައް ބިނާކުރުމަށް މިހާރު މިކުރެވޭ މަސައްކަތްތަކަށް އިތުރުވެގެންދާނެ މުހިންމު ބޮޅަކަށް މި މަސައްކަތް ވެގެންދާނެ ކަމަށެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.