އެސްޓީއޯ އިލެކްޓްރޯނިކްސްއަކީ ރާއްޖެއަށް ބޭނުންތެރި އެތައް ސާމާނެއް އެއްތަނެއްގައިހުރި ތަނެކޭ ބުނުމުން އެއީ ދެބަސްވެވެން ނެތް ޙަޤީޤަތެކެވެ.
ކުރީގެ ޢުމަރު ޝޮޕިންގ އާކޭޑު، މިހާރުގެ ސިޓީ ސްކޮއާރގެ ގްރައުންޑް އަދި ފަސްޓް ފްލޯގައި ހުންނަ އެސްޓީއޯ އިލެކްޓްރޯނިކްސް އިން އަލަށް ނެރުނު އުފެއްދުންތަކުގެ ތެރޭގައި ޖޭބީއެލްގެ ހޯމްތިއޭޓަރ ސިސްޓަމް، ސައުންޑް ބާރ، ހެޑްފޯނު، ޑެލް ލެޕްޓޮޕް އަދި ކޮމްޕިއުޓަރ ސިސްޓަމް، އެޕަލް އައި ފޯނު، އައި ޕެޑް، ހުއަވެއި މޮބައިލް ފޯނު، އެސް.ޖޭ ކެމްގެ އެކްޝަން ކެމެރާ، ވީސްޓާރ ކެމްގެ އިންޑޯރ ކެމެރާ، ސްކަލް ކެންޑީ އަދި ބްލޫޑިއޯ ހެޑްފޯނު، އެޑިފައަރ ސްޕީކަރ އަދި އެސެސަރީސްތަކުގެ ތެރެއިން ޕަވަރ ބޭންކް، އެޗް ޑީއެމް އައި ކޭބަލް، ޔޫއެސްބީ ފަދަ އެންމެ ޒަމާނީ އާލާތްތައް ލިބެން ހުރެއެވެ.
3 ފެބްރުއަރީ 2018 ގައި އެސްޓީއޯ އިލެކްޓްރޯނިކްސް އަލުން ހުޅުވުނީ ޒުވާނުންނާއި ކުޑަކުދިންނަށް ޚާއްޞަ ގޭމިންގ ޒޯނެއް މިހާރުގެ އިލެކްޓްރޯނިކްސްގައި ހުރުމަކީވެސް ގިނަ ބައެއްގެ މަޤުބޫލުކަން ލިބިފައިވާ ކަމެކެވެ.
އެސްޓީއޯ އިލެކްޓްރޯނިކްސް އެންމެ ފުރަތަމަ ހުޅުވުނީ 1993 ގައި އޭރުގެ ޢުމަރު ޝޮޕިންގ އާރކޭޑް ހުންނަ ބިލްޑިންގގެ އެންމެ ތިރީ ފްލޯގައެވެ. އޭރު ގެންގުޅުނު އުފެއްދުންތަކުގެ ތެރޭގައި ހިޓާޗީ، ފިލިޕްސް، ސޮނީ ޓީވީ، ފިލިޕްސް ޑީވީޑީ ޕްލެޔަރ، ރޭޑިއޯ، ލަވަޖަހާ ސެޓް، ހެޑްފޯނު، ސޮނީ އެރިކްސަން، އެޗް.ޓީ.ސީ މޮބައިލް ފޯނު، ޕެނަސޮނިކް ކޯރޑްލެސް ފޯނު، ފެކްސް މެޝިން، އޮލިމްޕަސް ކެމެރާ، މެކްސެލް ބެޓެރި އަދި ޗާރޖާ، ހިޓާޗީ އުފެއްދުންތައް ހިމެނެއެވެ.
އޭރުގެ އެންމެ ހިނގި އުފެއްދުންތަކުގެ ތެރޭގައި ފިލިޕްސް ލަވަޖަހާ ސެޓް، ޕްލަސްމާ ޓީވީ، މޮބައިލް ފޯނު ހިމެނެއެވެ.
މީގެ އިތުރުން ރީޓެއިލް އަދި ހޯލްސޭލްކޮށް މުދާ ވިއްކާފައިވާ އިރު، ހުރިހާ އުފެއްދުމަކަށް އޭރުވެސް ވޮރޮންޓީ ދީ، އޮތޮރައިސްޑް ސަރވިސް ސެންޓަރއެއް ހުރެއެވެ. އަދި އެސްޓީއޯ ކްރެޑިޓް ސްކީމަށް ލެޕްޓޮޕް، ކޮމްޕިއުޓަރ ސިސްޓަމް އެސްޓީއޯ އިލެކްޓްރޯނިކްސް މެދުވެރިކޮށް މާލޭގެ ފިހާރަތަކުން ނެގޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.
އެސްޓީއޯ އިލެކްޓްރޯނިކްސްއަކީ އޭރުގެ އިލެކްޓްރޯނިކްސް ފިހާރަތަކަށް ބަލައިފިނަމަ ބްރޭންޑެޑް އެންމެ ގިނަ ވައްތަރުތައް އެއްތަނަކުން ލިބެން ހުންނަ ފިހާރައަކަށްވާ އިރު، މި ފިހާރަ ހުންނަ ލޮކޭޝަންގެ ގޮތުން ޓުއަރިސްޓުންގެ މަޤުބޫލުކަން ލިބިފައިވާ ފިހާރައެއްކަންވެސް ފާހަގަކޮށްލެވެއެވެ.
ސްޓާފުންނަކީވެސް ޓްރެއިނިންގ ލިބި ޕްރޮޑަކްޓްއާއި ބެހޭ މަޢުލޫމާތު ހުރި ސްޓާފުންނަށްވާ އިރު، ޖޫން 2011 ގައި އޭރުގެ އެސްޓީއޯ އިލެކްޓްރޯނިކްސް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްއަށް ބަދަލުކުރެވިގެން ދިޔައީ ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތެއްގައި ބާޒާރު ކުރެވޭނެ މަގުފަހި ކުރުވުމުގެ ގޮތުންނެވެ.