މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް އިފްތިތާޙްކޮށް، ސާފު ރާއްޖެ ސަރަޙައްދީ މަހާސިންތާ- ޒޯން 4 އަދި 5 ފަށައިފި

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް އިފްތިތާޙްކޮށް ، ސާފު ރާއްޖެ ސަރަޙައްދީ މަހާސިންތާ- ޒޯން 4 އަދި 5  މ. މުލީގައި މިއަދު ފަށައިފިއެވެ.

މި ޕްރޮޖެކްޓާއި މަހާސިންތާ އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓަކީ ވަރލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުން، މައިގަނޑު ގޮތެއްގައި ޒޯން 4 އަދި 5 ގައި ހިމެނޭ މ، ފ، ދ، ތ އަދި ލ އަތޮޅަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ކުނި މެނޭޖްކުރުމުގެ ސަރަޙައްދީ މަޝްރޫޢެކެވެ.

ވަރލްޑް ބޭންކުގެ ލޯނު އެހީގައި 2008 އިން 2016 އަށް ކުރިއަށްގެންދެވުނު ”މޯލްޑީވްސް އެންވަޔަރަންމަންޓަލް މެނޭޖްމަންޓް ޕްރޮޖެކްޓް“ (މެމްޕް) ގެ ދަށުން ނ، ރ، ބ، އަސި ޅ އަތޮޅަށް (ޒޯން 2) އަށް އަމާޒުކޮށް ތަރައްޤީކުރެވުނު ސަރަޙައްދީ ކުނި މެނޭޖްކުރުމުގެ ނިޒާމު އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާ އެހީތެރިކަންވެސް މި މަޝްރޫޢުގެ ދަށުން ފޯރުކޮށްދެވިގެންދާނެއެވެ.

މި މަޝްރޫޢުގެ ދަށުން ޒޯން 4 އަދި 5 ގައި ހިމެނޭ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ރަށު ފެންވަރުގެ ކުނި މެނޭޖްކުރާ ނިޒާމުތައް ޤާއިމުކުރެވި އަދި ރަށުން ބޭރު ކުރަންޖެހޭ ކުނި، ރައްކާތެރި ގޮތުގައި މެނޭޖްކުރުމަށް ސަރަޙައްދީ މަރުކަޒެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރަށްރަށުން ސަރަޙައްދީ މަރުކަޒަށް ކުނި އުފުލުމަށް ބޭނުންވާ ވަޞީލަތްތައްވެސް މި މަޝްރޫޢުގެ ދަށުން ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢު ކުރިއަށްގެންދާނީ 2017-2023 އަށެވެ. މި މަޝްރޫޢަށް ވަރލްޑް ބޭންކުން 17.5 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.