އެކި ބާވަތުގެ ކުށް ކުރާ ކުޑަކުދިންގެ 13 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް..

އެކި ބާވަތުގެ ކުށް ކުރާ ކުޑަކުދިންގެ 13 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ޢާންމުކުރި ރިޕޯޓުގައި ވަނީ މި ފަދަ މައްސަލަތަކުގެ ތެރޭގައި މާރާމާރީ ހިންގުމުގެ 5 މައްސަލައާއި ވައްކަންކުރުމުގެ 1 މައްސަލައާއި މަސްތުވާތަކެތި ބޭނުންކުރުމުގެ 1 މައްސަލަ އަދި މަސްތުވާތަކެތި ވިއްކުމުގެ 1 މައްސަލަ ހިމެނޭ ކަމަށެވެ. އަދި ކުޑަކުދިންގެ އަޚުލާޤީ މައްސަލަތަކުގެ 17 މައްސަލައެއް މިދިޔަ މަހު ހުށަހަޅައިފައިވާ އިރު، މި ފަދަ މައްސަލަތަކުގެ ތެރޭގައި ރުޅި އިސްކުރުން ނުވަތަ ރުޅިގަދަވެގެން އުޅުމުގެ 6 މައްސަލައާއި ސްކޫލަށް ދާން ބޭނުން ނުވުމުގެ 6 މައްސަލަ އަދި ގެއިން ނުކުމެގެން ދިޔުމުގެ 5 މައްސަލަ ހިމެނޭކަމަށްވެސް އެ މިނިސްޓްރީގެ ރިޕޯޓުގައި ވަނީ ބުނެފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މީގެ އިތުރުން ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ 1 މައްސަލަ ހުށަހަޅާފައިވާ އިރު، އެއީ ތަޢުލީމަށް ހުރަސް އެޅުމުގެ 1 މައްސަލައެއްކަމަށްވެސް ވަނީ ބުނެފައެވެ. އަދި ޢާއިލީ މައްސަލަތަކުގެ 29 މައްސަލައެއް މިދިޔަ މަހު މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަަމަށްވެސް ރިޕޯޓުގައިވެއެވެ.

އެ ރިޕޯޓުގައިވާ ގޮތުން މި ފަދަ މައްސަލަތަކުގެ ތެރޭގައި ކުދިން ބެލުމުގައި ދިމާވާ 12 މައްސަލައާއި ޙަޟާނާ ނުވަތަ ކުދިންނާ ބައްދަލުނުކުރެވޭ 10 މައްސަލަ އަދި ދަރިންގެ ޚަރަދު ދިނުމުގައި ދިމާވާ 6 މައްސަލަ ހިމެނެއެވެ.  

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.