އެލެގްޒެންޑްރިއާގައި ބޮމެއް ގޮއްވާލި މައްސަލައިގައި 6 މީހަކު މަރާލައިފި

މިސްރުގެ އެލެގްޒެންޑްރިއާގައި ސަލާމަތީ ބާރުތަކުގެ އެންމެ އިސް ވެރިޔާގެ ވަފުދަށް އަމާޒުކޮށް ދިން ބޮމުގެ ޙަމަލާއާއި ގުޅުން ހުރި 6 މީހަކު އާދީއްތަ ދުވަހު މަރާލާފައިވާ ކަމަށް މިސްރުގެ ސަރުކާރުން ބުނެފިއެވެ.

މި ޙަމަލާ ދީފައި ވަނީ މިސްރުގެ ސަލާމަތީ ބާރުގެ އެންމެ އިސް ވެރިޔާ މޭޖަރ ޖެނެރަލް މުސްތަފާ އަލް ނެމްރު ދަތުރު ކުރަމުންދިޔަ ވަފުދަކަށް އަމާޒުކޮށް، ހޮނިހިރު ދުވަހު އެލެގްޒެންޑްރިއާގެ ރުޝްދީ ސަރަޙައްދުގައި ޓޮލިޕް ހޮޓެލް ކައިރީގައިއެވެ. މި ޙަމަލާގައި އެ ވަފުދުގައި ދަތުރު ކުރަމުންދިޔަ 2 ފުލުސް އޮފިސަރުން ވަނީ މަރުވެފައެވެ.

އިޝްތިހާރު Below Header ad

މިސްރުގެ ދާޚިލީ މިނިސްޓަރ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ޓެރަރިސްޓް ޖަމާއަތެއް ކަމަށް މިސްރުގެ ސަރުކާރުން ކަނޑައަޅާފައިވާ މުސްލިމް ބްރަހުޑްގެ ހަތިޔާރުއެޅި ގޮތްޕެއް ކަަމަށްވާ ހައްސާމް މޫވްމެންޓްގެ ކިއްލާއެއް ފެނިފައިވާ ކަމަށެވެ.

މި ބަޔާނުގައި އިތުރަށް ބުނެފައި ވާ ގޮތުގައި، ހަތިޔާރުއެޅި ހަނގުރާމަވެރިންގެ މި ކިއްލާއަށް އަސްކަރިއްޔާއިން ވަނީ ޙަމަލާ ދީފައެވެ. އަދި ހަނގުރާމަވެރިންނާއި އަސްކަރިއްޔާ ދެމެދު ހަމަލާ ބަދަލު ކުރެވިފައިވާ ކަމަށާއި، މި ޙަމަލާތަކުގައި ހަނގުރާމަވެރިންގެ 6 މީހުން މަރުވެފައިވާ ކަމަށް ވެސް ބުނެފައިވެވެ.

ހައްސާމް މޫވްމެންޓް ވުޖޫދަށް އައިސްފައި ވަނީ 2016 ވަނަ އަހަރުއެވެ. އެ އަހަރު މިސްރު ސަރުކާރުގެ އެކި ވުޒާރާތަކަށް ދިން ޙަމަލާތަކުގެ ޒިންމާ ހައްސާން މޫވްމަންޓްއިން ވަނީ ނަގާފައެވެ.

ހައްސާމް މޫވްމަންޓަކީ މުސްލިމް ބްރަދަރހުޑްގެ ގޮތްޕެއް ކަމަށް މިސްރު ސަރުކާރުން ބުނަމުން ދިޔަ ނަމަވެސް، މުސްލިމް ބްރަދަރހުޑް އިން ބުނަމުން ދަނީ އެ ޖަމާޢަތުން އެއްވެސް ޒާތެއްގެ ލޭއޮހޮރުވުމަކަށް ތާޢީދު ނުކުރާ ކަމަށެވެ.

ހޮނިހިރު ދުވަހުގެ މި ޙަމަލާ ދީފައިވަނީ މިސްރުގެ ރިޔާސީ އިންތިޚާބު މި މަހުގެ 26 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި ވަނިކޮށެވެ. އަދި މި އިންތިޚާބު މިހާރުވެސް ވެރިކަމުގައި ހުންނެވި އައް ސީސީ ނުހަނު ފަސޭހަ ކަމާއެކު ކާމިޔާބު ކުރާނެ ކަމަށް ވަނީ ބެލެވިފައެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅަށް ވާދަ ކުރެއްވި ގިނަ ކެނޑިޑޭޓުން ވަނީ އެކި ފިއްތުންތަކުގެ ސަބަބުން ނަން އަނބުރާ ގެންދަވާފައެވެ. އޭގެތެރޭގައި އަސްކަރިއްޔާގެ ކުރީގެ ވެރިޔާ ސާމީ އަނާން އަދި ކުރީގެ ބަންޑާރަ ނައިބު އަޙްމަދު ޝަފީކް ހިމެނެއެވެ.

މި އިންތިޚާބުގައި ސީސީއާއި ދެކޮޅަށް ވާދަ ކުރައްވަނީ ލިބެރަލް އަލް ޣާދު ޕާޓީގެ ޗެއާމަން މޫސާ މުސްތަފާ މޫސާ. މޫސާއަކީ ސީސީއަށް ވަފާތެރި އަދި ސީސީއަށް ތާޢީދު ކުރައްވާ ބޭފުޅެކެވެ. އަދި ސީސީއަށް ތާޢީދު ކުރައްވާކަން އާންމު ކުރައްވާފައިވާ ބޭފުޅެކެވެ. އެހެންކަމުން މިފަހަރުގެ އިންތިޚާޞު އެއްވެސް ދަތިކަމަކާނުލާ ސީސީ ކާމިޔާބު ކުރާނެ ކަމަށް ވަނީ ބެލެވިފައެވެ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.