ޚަބަރު ފީތާ

ޓްރީ ޓޮޕް ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަންދާ ފަރާތްތަކަށް ލުއި ފަސޭހަގޮތެއް..

ޓްރީ ޓޮޕް ހޮސްޕިޓަލް: ފައިލް ފޮޓޯ

ޓްރީ ޓޮޕް ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަންދާ ފަރާތްތަކަށް ލުއި ފަސޭހަގޮތެއްތަކެއް އެ ހޮސްޕިޓަލުން ހަމަހައްސައިދީފިއެވެ.

އެގޮތުން އެ ހޮސްޕިޓަލުން ވަނީ މާލެއާއި ހުޅުމާލެއިން ޑޮކްޓަރަށް ދައްކަންދާ ފަރާތްތަކަށް ފެރީގެ ޚިދުމަތް ވަނީ ހަމަޖައްސާދީފައެވެ.

ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް މި ޚިދުމަތް އޮންނަ އިރު، ކޮންމެ ދުވަހަކުވެސް 6 ދަތުރު ކުރުމަށް ނިންމާފައިވާ ކަމަށާއި މި ފެރީން ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހަދާފައިވާ މީހާ އާއި އެހީތެރިއަކަށް ދަތުރުކުރެވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. އަދި ފެރީގައި ހުޅުމާލެއަށް ދިއުމުން ވެހިކަލްގައި ހޮސްޕިޓަލަށް ގެންގޮސްދޭނެ ކަމަށްވެސް ބުންޏެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ ފެރީގެ ދަތުރުތައް އޮންނާނީ ހެނދުނު 8:30 އިން ރޭގަނޑު 10:00 އާ ދެމެދު ކަމަށެވެ. އެހެންނަމަވެސް އެމަރޖެންސީ ހާލަތެއް ދިމާވެއްޖެ ނަމަ ފެރީ ތާވަލަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ. ޝެޑިއުލަށް ބަދަލުތަކެއް އަތުވެދާނެ ކަމަށް ބުންޏެވެ.

110 މިލިއަން ޑޮލަރު (1.7 ބިލިއަން ރުފިޔާ) ޚަރަދުކޮށްގެން މާލޭގެ ބޮޑެތި ވިޔަފާރިވެރިންތަކެއް ހުޅުވި ޓްރީ ޓޮޕް އިންވެސްޓްމަންޓުން ހުޅުމާލޭގައި ތަރައްޤީކުރި ހޮސްޕިޓަލް ހުޅުވީ މި މާރޗު މަހުގެ ފުރަތަމަ ދުވަހުއެވެ.

Rate this post