ވޯޓު ލާ ފަރާތްތަކަށް ވޯޓު ލާނެ އެންމެ ރަނގަޅު ކެނޑިޑޭޓެއް އިޚްތިޔާރު ކުރޭވޭނެ ގޮތަށް އަންނަ ހަފްތާގައި ބޭއްވުމަށް ހަމަޖެހިފައިވާ މިސްރުގެ ރިޔާސީ އިންތިޚާބުގައި ސީސީއާއި އިދިކޮޅަށް ވީހާވެސް ގިނަ ކެނޑިޑޭޓުން ކުރިމަތިލުން އެއީ ސީސީ އެދޭ ގޮތް ކަމަށް އޭނާ ބުނެފިއެވެ.
އަންގާރަ ދުވަހު ބްރޯޑްކާސްޓް ކުރި ބަސްދީގަތުމެއްގައި ސީސީ ބުނެފައި ވަނީ ރިޔާސީ އިންތިޚާބުގައި އޭނާއާއި އިދިކޮޅަށް ގިނަ ޢަދަދެއްގެ ކެނޑިޑޭޓުން ވާދަ ކުރުން އެއީ އޭނާ އެދޭގޮތް ކަމަށާއި، އެހެންނަމަވެސް މިސްރު އޮތީ އެކަމަށް ތައްޔާރަށް ނޫން ކަމަށް. އަދި އިދިކޮޅަށް ވާދަ ކުރާނެ ކެނޑިޑޭޓުން ނެތުމަކީ އޭނާ ކުއްވެރި ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
މާރޗް 26 ން 28 ށް ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު މިހާރުވެސް މިސްރުގެ ރައީސް ކަމުގައި ހުރި ސީސީ ކާމިޔާބު ކުރާނެ ކަމަށް ވަނީ ބެލެވިފައެވެ. ސަބަބަކީ އެންމެ ކެނޑިޑޭޓެއް ފިޔަވައި އޭނާއާއި އިދިކޮޅަށް ވާދަކުރުމަށް ކުރިމަތިލި ކެނޑިޑޭޓުން އެކި ސަބަބުތަކަށް ޓަކައި ނަން އަނބުރާ ގެންގޮސްފައި ވާތީ. ނަން އަނބުރާ ނުގެންގިޔަ ކެނޑިޑޭޓު ބުނެފައި ވަނީ އޭނާ ސީސީއަށް ސަޕޯޓު ކުރާ ކަމަށެވެ.
މިސްރުގެ މީޑިއާތަކުގައި ބްރޯޑްކާސްތް ކޮށްފައިވާ އެ ބަސްދީގަތުމުގައި ސީސީ ބުނެފައި ވަނީ މި އިންތިޚާބުގައި ގިނަ ކެނޑިޑޭޓުން ކުރިމަތި ލުމަށް އޭނާ ބޭނުންވި ނަމަވެސް ޤައުމު އެކަމަށް ތައްޔާރަށް ނެތުން އެއީ ލަދުވެތި ކަމެއް ކަމަށެވެ. އަދި މިސްރުގައި 100 އަށް ވުރެ ގިނަ އިދިކޮޅު ޕާޓިތައް އޮތް ނަމަވެސް އިންތިޚާބުގައި ކުރިމަތި ލާނެ ޤާބިލް ކެނޑިޑޭޓެއް ނެތް ކަމީ ލަދުވެތި ކަމެއް ކަމަށެވެ.
ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެ ކަން ފާއިތުވި އަހަރުގެ ފަހުކޮޅުއާއި މި އަހަރު ޖެނުއަރީ މަހުގައި 2 ފަރާތެއް ވަނީ އިޢުލާނު ކުރައްވާފަ. އެހެންނަމަވެސް އެކި އެކި ފިއްތުންތައް ކުރިމަތި ވުމާ ގުޅިގެން ފަހުން ވަނީ ނަން އަނބުރާ ގެންދަވާފައެވެ.
އިންތިޚާބަށް ކުރިމަތު ލުމަށްފަހު ނަން އަނބުރާ ގެންދެވި ފަރާތްތަކުގެ ތެރޭގައި މިސްރުގެ އަސްކަރިއްޔާގެ ވެރިޔާކަން ކުރައްވާފައިވާ ސާމީ އަނާން ހިމެނެއެވެ. އޭނާ އިންތިޚާބްގައި ވާދަ ކުރައްވާނެކަން އިޢުލާނު ކުރެއްވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަނީ ގަވާއިދާ ޚިލާފަށް ގޮނޑިއަށް ކުރިމަތި ލާން އުޅޭ ކަމުގެ ތުޙުމަތުގައި ހައްޔަރު ކޮށްފައެވެ.
ދެވަނަ ފަރާތަކީ ވައިގެ ސިފައިންގެ ކުރީގެ ވެރިޔާ އަދި ބަންޑާރަ ނައިބު އަޙްމަދު ޝަފީކްއެވެ އޭނާވެސް ވަނީ އެކި އެކި ތުޙުމަތު ތައް ކުރިމަތި ކުރުވައި ހައްޔަރު ކުރުމުން ނަން އަނބުރާ ގެންދަވާފައެވެ.