ސީރިޔާގެ ޤޫޠާގައި މުޅި ރެއަށް ދެމިގެންދިޔަ ޙަމަލާތަކުގައި އެގައުމުގެ 8 މީހުން ޝަހީދުވެއްޖެއެވެ.
އެސަރަަޙައްދުގައި މިޙަމަލާތައް 24 ގަޑިއިރުވަންދެން ދިގު ދެމިގެންދިޔަކަމަށާއި، މިޙަމަލާގައި 8 މީހުން ޝަހީދުވެފައިވަނީ ބައްޝާރުގެ ސިފައިން ޤޫޠާގެ އިރުުން އޮންނަ ދޫމާއަށް ދިން ވައިގެ ހަމަލާތަކެއްގައިކަމަށް ސީރިއަން އޮބްސަވޭޓަރީ ފޯ ހިޔުމަން ރައިޓްސް އިން ވަނީ ހާމަކޮށްފައެވެ. އަދި އިތުރު 5ސް ސަރަޙައްދަށްވެސް ސީރިޔާގެ ސިފައިން ވައިގެ ޙަމަލާތަކެއް ދީފައިވާކަމަށް މީީޑިޔާއިންވަނީ ރިޕޯޓްކޮށްފައެވެ.
އެހެންނަމަވެސް، ސީރިޔާގެ ހަނގުރާމައިގައި ހަަކާތްތެރިވަމުން އަންނަ ފަރާތްތައް ރަޝިޔާގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ޤޫޠާއަކީ ޙަމަލާ ދިނުން މަނާ ސަރަޙައްދެކެވެ.
އިރުމަތީ ޤޫޠާއަކީ 2013ވަނަ އަހަރުން ފެށިގެން ސީރިޔާގެ ސިފައިން ޙިޞާރުކޮށްފައިވާ ސަރަޙައްދެކެވެ. އަދި ޙިޞާރުގެ ތެރޭގައި އެގައުމުގެ 400،000 މީހުން ތާށިވެފައިވާއިރު، އެމީހުންވަނީ އަސާސީ އެންމެހާ ޚިދުމަތްތަކުން މަޙްރޫމްވެފައެވެ.