ޔޫއޭއީއިން ބަހްރެއިންއަށް ދަތުރުކުރި އެގައުމުގެ މަތިންދާ ބޯޓަކަށް، ގަތަރުގެ ހަނގުރާމަމަތީ މަތިންދާ ބޯޓްތަކުން ހުރަސްއެޅިކަމަށް ބުނެ ކުރެވުނު ތުހުމަތުތަކަށް ޤަތަރުން އިންކާރުކޮށްފިއެވެ.
ޤަޠަރުގެ ގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކަށް އެގައުމުން އިންކާރުކޮށްފައިވާއިރު، މިމައްސަލާއާ ބެހޭ އިތުރު މަޢުލޫމާތު ފަހުން ޢާއްމުކުރާނެކަމަށް ޤަތަރުގެ ޚާރިޖީ ވުޒާރާއިންވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން، ޤަތަރުންވަނީ ގަވާއިދާ ޚިލާފަށް ޔޫއޭއީގެ މަތިންދާ ބޯޓުތަކެއް އެގައުމުގެ ވައިގެ ސަރަހައްދަށް ވަދެފައިވާކަމަށް ބުނެ އ.ދއަށް މައްސަލަވެސް ހުށައަޅާފައެވެ. އަދި މިހާތަނަށް މިޙާދިސާގައި ޤަތަރުގެ ވައިގެ ސަރަޙައްދުގައި ހަރަކާތްތެރިވި ޔޫ.އޭ.އީގެ ވައިގެ އުޅަނދުގެ އެއްވެސް ޠަފްޞީލެއް ހާމަކޮށްފައިނުވާއިރު، މިފަދަ މައްސަލައެއް މިހާތަނަށް ރިޕޯޓްކުރެވިފައިނުވާކަމަށް ޤަތަރުގައި ހުންނަ އެމެރިކާގެ ވައިގެ ޢަސްކަރީ މަރުކަޒުކަމަށްވާ އަލް އުދައިދު އެއާ ބޭހުންވެސް ވަނީ ހާމަކޮށްފައެވެ.
ގަތަރުން ޓެރަރިޒަމަށް ހިތްވަރުދީ އެކަމަށް މާލީގޮތުން އެހިތެރިކަން ފޯރުކޮށްދެމުންދާ ކަމަށްބުނެ، މިދިޔަ އަހަރުގެ ޖޫންމަހުގެ 5 ވަނަ ދުވަހުން ފެށިގެން ސައުދީ އަރަބިއްޔާ އިސްވެއޮވެ، ޔޫއޭއީ، އޮމާން، ބަހްރެއިން، އަދި މިސްރުން ގަތަރާ ސިޔާސީ ގުޅުން ވަނީ ކަނޑާލާފައެވެ.