ގުއެޓެމަލާ ބޮއިކޮޓް ކުރާނަން -ޕީ.އެލް.އޯ-
އަރަބި އަދި މުސްލިމް ގައުމު ތަކުން ގުއެޓެމަލާ ބޮއިކޮޓް ކުރާނެ ކަމަށް ޕަލަސްތީން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީ.އެލް.އޯ) އިން ހާމަ ކުރައްވައިފިއެވެ.
ގުއެޓެމަލާ ބޮއިކޮޓް ކުރުމާ ވަރަށް ގާތް ކަމަށް އެ ޖައްމިޔާއިން ހާމަ ކޮއްފައިވަނީ ގުއެޓެމަލާ ގެ އެމްބަސީ ގުދުސް އަށް ބަދަލު ކުރާނެ ކަމަށް އިއުލާން ކުރުމުންނެވެ.
ފަލަސްތީނާއި ގުޅުން ބާއްވާނީ އެގައުމުގެ އަމާން ކަމާއި ހިތްހަމަޖެހުމަށް މަސައްކަތްކޮށް ހިތްވަރު ދޭ ފަރާތްތަކާ ކަމަށް ޕީ.އެލް.އޯ އިން ވަނީ ގޮވާލާފައެވެ.
ގުއެޓެމަލާއިން އަހަރެއްގެ މައްޗަށް 300 މިލިއަން ޑޮލަރުގެ ކާފޫރު ތޮޅި އަރަބި ގައުމުތަކަށް ފޯރު ކޮއްދޭއިރު ބޮއިކޮޓް ކޮއްފިނަމަ ނޭދެވޭ އަސަރުތައް ގުއެޓެމަލާގެ ކާފޫރުތޮޅި ހައްދާ 45000 ފަރާތަކަށް ކުރާނޭ ކަން އެގައުމުގެ ކުރީގެ ނައިބު ރައީސްވަނީ ފާހަގަ ކޮއްފައެވެ.
(ޕީ.އެލް.އޯ)އިން ހާމަކުރި ގޮތުގައި ގުޓެމަލާގެ އެކްސްޕޯޓް އެސޯސިއޭޝަންގެ ފަރާތުންވަނީ އެގައުމުގެ ބޭރުގެ ގުޅުންތަކާއި ބެހޭ ވުޒާރާއަށް ގުދުސްއަށް އެމްބަސީ ބަދަލުކުރުމުގެ ނިންމުން އަނބުރާ ގެންނެވުމަށް ގޮވާލާ ސިޓީއެއްވެސް ފޮނުވާފައެވެ.