އެމެރިކާގެ ނިންމުން އަނބުރާ ގެންދިޔުމަށް ގޮވާލާ ޤަރާރު އދ.ގެ އާންމު މަޖިލީހުގެ އަޣްލަބިއްޔަތުން ފާސްކޮށްފި

ޤުދުޞް އިސްރާއިލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަށް އެމެރިކާއިން ނިންމާފައިވާތީ، އެނިންމުން އަނބުރާ ގެންދިޔުމަށް އދ.ގެ އާންމު މަޖިލީހުގެ އަޣްލަބިއްޔަތުން  ފާސްކޮށްފިއެވެ.

މިޤަރާރަށް އދ.ގެ 128 މެމްބަރު ގައުމަކުން ވޯޓު ދީފައިވާއިރު،  އެނިންމުން އަނބުރާ ގެންދަން ނުފެންނަ ކަމަށް 9 ގައުމަކުން ވަނީ  ވޯޓު ދީފައެވެ. އަދި 35 ގައުމަކުން ވޯޓުގައި ބައިވެރިވެފާ ނުވާއިރު، ބޮސްނިއާ ފިޔަވައި ދުނިޔޭގެ ހުރިހާ މުސްލިމު ގައުމުތަކުން ގަރާރާ އެއްކޮޅަށް ވޯޓުލާ ދީފައިވޭއެވެ. އަދި  ރަޝިއާ، ޗައިނާ، އިންޑިއާގެ އިތުރުން، އިނގިރޭސި ވިލާތުންވެސް ވަނީ މިޤަރާރާ އެއްކޮޅަށް ވޯޓުދީފައެވެ.

އިޝްތިހާރު Below Header ad

މި ތާރީޚީ ވޯޓަށް ފަހު ފަަލަޞްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް މިކަން ސިފަކުރައްވާފައިވަނީ ފަލަޞްޠީނަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައެވެ. ހަމައެހެންމެ، ޤުދުޞްއަކީ ފަަލަޞްޠީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައެޅުމަށް ކުރާ މަސައްކަތް ހުއްޓާނުލާނެކަމާއި، އަދި ބައިނަލްއަގްވާމީ ހުރިހާ  ޕްލެޓް ފޯމެއްގައި ފަލަޞްޠީނުގެ އަޑު އުފުލާނެކަމަށް އައްބާސް ގެ  ތަރުޖަމާން ނަބީލް އަބޫ ރަޟައިނާވެސް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް، އިސްރާއީލުން އދ. އަށް ކަނޑައަޅައިފައި ހުންނަ މަންދޫބު ޑެނީ ޑަންޔޯން، މިޤަރާރާ އެއްކޮޅަށް ވޯޓުދިން ގައުމުތައް ސިފަކޮށްފައިވަނީ “ފަލަސްތީނުގެ ޕަޕެޓުން” ގެ ގޮތުގައެވެ. ހައްދުފަހަނައަޅާފައިވާ ޔަހޫދީ ދަޢުލަތުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫވެސް ވަނީ  މިޤަރާރު ބަލައި ނުގަންނާނެކަމަށާއި، އަދި މިޤަރާރަށް އަމަލު ނުކުރާނެކަމަށްވެސް ބުނެފައެވެ.  އަދި  އިސްރާއިލުގެ ޑެޕިއުޓީ މިނިސްޓަރު ފޯ ޑިޕްލޮމަސީ ވަނީ އެގައުމުން އދ. އިން ވަކިވުމަށްވެސް ގޮވައިލާފައެވެ.

މީގެ އިތުރުން، މިޤަރާރާ އެއްކޮޅަށް ވޯޓުދޭ ޤައުމުތަކަށް އެހީ ދިނުން ހުއްޓާލާނެކަމަށް ބުނެ އެމެރިކާގެ ރަޢީސް އިންޒާރުދީފައިވާތީ، ތުރުކީވިލާތުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާންވަނީ ތުރުކީއިން  ވޯޓަށް ނުވިކޭނެކަމަށް ވިދާޅުވެ  ރައްދު ދެއްވާފައެވެ. އަދި ޤުދުޞްގެ މައްސަލައިގައި އެމެރިކާއިން ގައުމުތަކަށް އިންޒާރު ދިނުމުން ދޭހަވަނީ، ބައިނަލްއަގްވާމީގޮތުން އެގައުމު މިމައްސަލާގައި  އެކަހެރިވެފައިވާ މިންވަރުކަމަށް  ތުރުކީގެ ފޮރިން މިނިސްޓަރ ވިދާޅުވެފައިވޭއެވެ.

ތުރުކީއާ މުސްލިމް ޤައުމުތައް އިސްވެ އޮވެ މިފަދަ ޤަރާރެއްވަނީ ދާދި ފަހުން އ.ދގެ ސަލާމަތީ ކައުންސިލަށްވެސް ވައްދާފައެވެ. އަދި އެކައުންސިލުގެ އަޣްލަބިއްޔަތުން މިޤަރާރަށް ވޯޓު ލިބުނުނަމަވެސް، އެމެރިކާއިންވަނީ މިމައްސަލަ ވީޓޯކޮށްފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.