ޔަމަނުގައި ކޮލެރާ ޖެހުނު މީހުންގެ ޢަދަދު 1 މިލިއަނަށް އަރައިފި

download 1ޔަމަނުގައި ކޮލެރާ ޖެހިފައިވާ މީހުންގެ ޢަދަދު 1 މިލިއަނަށް އަރައިފައިވާކަމަށް އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދި ރެޑް ކްރޮސް (އައި.ސީ.އާރް.ސީ)އިން ބުނެފިއެވެ

މިއީ ދުނިޔޭގެ ތާރީޚުގައި ކުރު މުއްދަތެއްގެތެރޭގައި އެފަދަ ހަލުވި މިނެއްގައި އެހާމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޮލެރާ ޖެހިގެން ދިޔަ ފުރަތަމަ ފަހަރުކަން އެޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.  

އިޝްތިހާރު Below Header ad

ޔަމަނުގައި މިފަދަ ހަލުވިމިނެއްގައި އެހާ ގިނަ ޢަދަދެއްގެ މީހުންނަށް ކޮލެރާ ޖެހެން މެދުވެރިވެގެން ދިޔައީ، އެގައުމުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުންކަމަށް އައި.ސީ.އާރް.ސީއިން ވަނީ ރިޕޯޓްކޮށްފައެވެ. އެގޮތުން، ހަނގުރާމައިގެ ސަބަބުން ޔަމަނުގެ އާބާދީގެ 80 އިންސައްތަ މީހުންނަށް ކާބޯތަކެތި ލިބެމުންނުދާއިރު، ސާފު ފެނާއި އަދި އަސާސީ ގޮތުން ލިބެންޖެހޭ  ޞިއްޙީ ޚިދުމަތްތައް ލިބުމުންވެސް  އެގައުމުގެ ރައްޔިތުން މަޙްރޫމްވެފައިވާކަން އެޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ .މިގޮތުން ފާއިތުވި ސެޕްޓެމްބަރު މަހުގެ ތެރޭގައި 2200 މީހުން ކޮލެރާގެ ސަބަބުން މަރުވެފައިވާއިރު، އެގައުމުގައި މަރުގެ ރޭޓްވަނީ 0.3 އިންސައްތައަށް އަރާފައިވާކަމަށް އ.ދއިން ރިޕޯޓްކުރޭއެވެ.

 

imagesޔަމަނުގެ  ވެރިކަން ވައްޓާލުމަށްފަހު އެގައުމަށް ވެރިވެފައިވާ ޙޫޘީ ހަނގުރާމަވެރިންދަނީ އިންސާނީ އެހީގެ އިތުރުން ސިއްޙީ ދާއިރާގައި ބޭނުންކުރާ  އާލާތްތައް ޔަމަނަށް ވެއްދޭނެ ހުރިހާ މަގުތައް ބަންދުކުރަމުންނެވެ . އެހެންކަަމުން ޔަމަނުގެ ޞިއްޙީ ދާއިރާއަށްވަނީ ޚިދުމަތް ފޯރުކޮށްދިނުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.