ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި، މެލޭޝިޔާގެ ބޮޑުވަޒީރުގެ އަނބިކަނބަލުން، ”ފިޔަވަތި“ އަށް ޒިޔާރަތް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމާއި މެލޭޝިޔާގެ ބޮޑުވަޒީރުގެ އަނބިކަނބަލުން ދާތިން ޕަޑުކާ ސެރީ ރޮސްމާހް މަންސޫރު، ހުޅުމާލޭގައި ހުންނަ ކުޑަކުދިން ބަލަހައްޓާ މަރުކަޒު، ”ފިޔަވަތި“ އަށް މިއަދު ހެނދުނު ޒިޔާރަތް ކުރައްވައިފިއެވެ.

ދެކަނބަލުންގެ މިޒިޔާރަތުގައި ފިޔަވަތީގައި ދިރިއުޅޭ ކުދިންނާ ބައްދަލުކުރައްވައި، ކުދިންގެ ފަރާތުން ހުށަހަޅައިދިން އައިޓަމްތަކާއި އެކުދިން ކުރަހާފައިވާ ކުރެހުންތައް ބައްލަވައިލެއްވިއެވެ. މީގެއިތުރުން ރާއްޖޭގެ ސަޤާފަތް ދައްކުވައިދޭ ގޮތަށް ތައްޔާރުކޮށްފައިވާ ތަކެއްޗާއި މަރުކަޒާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓެއް ވެސް ބައްލަވައިލެއްވެވިއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި މެލޭޝިޔާގެ ބޮޑުވަޒީރުގެ އަނބިކަނބަލުން ފިޔަވަތި މަރުކަޒަށް ކުރެއްވި މި ޒިޔާރާތުގައި މެލޭޝިޔާގެ އިންޓަނޭޝަނަލް ޔޫތު ސެންޓަރުގެ ފަރާތުން ފިޔަވަތިއަށް ދެއްވި އެހީއެއް އެމަރުކަޒާއި ހަވާލުކުރެއްވުންވެސް އޮތެވެ. މި އެހީ ހަވާލުކޮށްދެއްވީ އިންޓަނޭޝަނަލް ޔޫތު ސެންޓަރުގެ ޑިރެކްޓަރ ޑރ. މުޙައްމަދު މާލިކީ ބިން މުޙައްމަދު ރަޕިއީއެވެ. ފިޔަވަތީގެ ފަރާތުން މި އެހީއާ ހަވާލުވެވަޑައިގެންނެވީ އެމަރުކަޒުގެ ސީ.އީ.އޯ ފާޠިމަތު ޝިޔާމާއެވެ.

ހުޅުމާލޭގައި ދެބުރިއަށް އިމާރާތްކޮށްފައިވާ ފިޔަވަތި މަރުކަޒަކީ 12 ކޮޓަރި ހިމެނޭގޮތަށް އިމާރާތްކުރައްވާފައިވާ އަދި ދެޖިންސްގެ ކުދިންނަށް ވަކިން ދިރިއުޅެވޭ ގޮތަށް ވަސީލަތްތައް ޤާއިމު ކުރައްވާފައިވާ މަރުކަޒެކެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.