ދިވެހިރާއްޖެއާއި މެލޭޝިޔާއާ ދެމެދު ގުޅުން ބަދަހިކުރުމާބެހޭ 4 އެއްބަސްވުމެއްގައި މިއަދު ސޮއިކުރައްވައިފި

ދިވެހިރާއްޖެއާއި މެލޭޝިޔާއާ ދެމެދުގައި ގުޅުން ބަދަހިކުރުމާބެހޭ 4 އެއްބަސްވުމެއްގައި މިއަދު ސޮއިކުރައްވައިފިއެވެ.

މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެއްބަސްވުންތަކުގައި ސޮއިކުރެއްވުމުގެ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި މެލޭޝިޔާގެ ބޮޑުވަޒީރު ދާތޯ ސްރީ މުޙައްމަދު ނަޖީބް ބިން ތުން ޢަބްދުލް ރައްޒާޤް ބައިވެރިވެވަޑައިގެންނެވިއެވެ.

ދިވެހިރާއްޖެއާއި މެލޭޝިޔާއާ ދެމެދުގައި މިއަދު ސޮއިކުރެވުނު މިއެއްބަސްވުންތަކުގެ ތެރެއިން މެލޭޝިޔާގައި ދިވެހި ތާރީޚާބެހޭ މަރުކަޒެއް ޤާއިމްކުރުމުގެ އެއްބަސްވުން، ”މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ ބިޓްވީން ދަ ގަވަރމަންޓް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރމަންޓް އޮފް މެލޭޝިޔާ އޮން ދަ އެސްޓަބްލިޝްމެންޓް އޮފް ދަ މޯލްޑިވްސް ކަލްޗަރަލް ސެންޓަރ އިން މެލޭޝިޔާ“ ގައި ސޮއިކުރެއްވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމާއި، މެލޭޝިޔާގެ ޑެޕިއުޓީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދާތޯ ސްރީ ރީޒަލް މެރިކަން ނައިނާ މެރިކަން އެވެ.

މިއަދު ސޮއިކުރެއްވި އެއްބަސްވުންތަކުގެ ތެރެއިން އަލިފާނުގެ ޙާދިސާތަކުން ރައްކާތެރިވުމާބެހޭ ތަމްރީނާ ގުޅޭ އެއްބަސްވުން، ”މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ ބިޓްވީން ދަ ގަވަރމަންޓް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރމަންޓް އޮފް މެލޭޝިޔާ އޮން ކޯޕަރޭޝަން އިން ދަ ފީލްޑް އޮފް ފަޔަރ ފައިޓިންގ އެންޑް ރެސްކިއު ޓްރެއިނިންގ“ ގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ އާދަމް ޝަރީފާއި، މެލޭޝިޔާގެ މިނިސްޓަރ އާބަން ވެލްބީންގ އެންޑް ލޯކަލް ގަވަމެންޓް، ޓާން ސްރީ ނޫހް ބިން ހާޖީ އުމަރެވެ.

މަތީ ތައުލީމާ ބެހޭ އެއްބަސްވުން، ”މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ ބިޓްވީން ދަ ގަވަރމަންޓް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރމަންޓް އޮފް މެލޭޝިޔާ އޮން ކޯޕަރޭޝަން އިން ދަ ފީލްޑް އޮފް ހަޔަރ އެޑިޔުކޭޝަން“ ގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢައިޝަތު ޝިހާމާއި، މެލޭޝިޔާގެ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ދާތޯ ސެރީ އިދުރީސް ބިން ޖޫސޯ އެވެ.

މިއަދު ސޮއިކުރެއްވި ސިއްޙީ ދާއިރާއާއި ބެހޭ އެއްބަސްވުން، ”މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ ބިޓްވީން ދަ ގަވަރމަންޓް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރމަންޓް އޮފް މެލޭޝިޔާ އޮން ކޯޕަރޭޝަން އިން ދަ ފީލްޑް އޮފް ހެލްތް“ ގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނާޒިމާއި، މެލޭޝިޔާގެ މިނިސްޓަރ އޮފް ހެލްތް ޑަތުކް ސެރީ ސުބްރަމާނިއަމް ކޭ ވީ ސަތަސިވަމެވެ.

މެލޭޝިޔާއާއި ދިވެހިރާއްޖެއާއި ދެމެދު ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރެއްވުމުގެ އިތުރުން، މެލޭޝިޔާގެ ބޮޑުވަޒީރު ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދެދުވަހުގެ ދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ވެސް ވަނީ ބާއްވާފައެވެ. އެމަނިކުފާނުގެ މިދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.