
އުރީދޫއިން ވަރލްޑް ޓުއަރ އެސްއެމްއެސް ޕްރޮމޯޝަން ތަޢާރަފްކޮށްފި
އުރީދޫގެ ޚާއްޞަ ޕްރޮމޯޝަންތަކަށް ލިބެމުންދާ ތަރުޙީބާއެކު އެކުންފުނިން ”އުރީދޫ ވަރލްޑް ޓުއަރ“ ގެ ނަމުގައި އަގުހުރި އިނާމުތަކެއް ލިބިގެންދާ ވަރަށް ޚާއްޞަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
3 މަސްދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ކޮންމެ 10 ދުވަހަކުން، އަދި ކޮންމެ މަހަކު އެންމެ ގިނަ ޕޮއިންޓް ހޯއްދަވާ ފަރާތްތަކަށް ލިބޭ އިނާމުތަކުގެ ތެރޭގައި އެޕަލް އައިފޯން 8، އަދި ރާއްޖެއިން ބޭރަށް ޗުއްޓީ ދަތުރެއް ހިމެނެއެވެ.
އެސްއެމްއެސް މެދުވެރިކޮށް ބައިވެރިވެވޭ މި ޕްރޮމޯޝަންގައި ހިމެނެނީ ޢާއްމު މަޢުލޫމާތު، ޓެކްނޮލޮޖީ، ދަތުރުފަތުރު އަދި ލައިފްސްޓައިލްއާގުޅޭ ސުވާލުތަކެވެ.
ޕްރޮމޯޝަންގައި ބައިވެރިވެ، އެސްއެމްއެސް މެދުވެރިކޮށް ރަގަޅު ޖަވާބު ދެއްވާ ކޮންމެ ފަހަރަކު 300 ޕޮއިންޓް ލިބިގެންދާނެއެވެ. ހަމައެއާއިއެކު، ޖަވާބު ނުބައިވި ކަމުގައި ވިއަސް، ޖަވާބު ދެއްވާ ކޮންމެ ސުވާލަކަށް 100 ޕޮއިންޓް ލިބޭނެއެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ކޮންމެ 10 ދުވަހަކުން، އަދި ކޮންމެ މަހަކު އެންމެ ގިނަ ޕޮއިންޓް ލިބިލައްވާ ފަރާތްތަކަށް ވަރަށް އަގުހުރި އިނާމުތަކެއް ވަނީ ކަނޑައެޅިފައެވެ.
- ކޮންމެ 10 ދުވަހަކުން ހޮވޭ އެންމެ ގިނަ ޕޮއިންޓް ލިބޭ ބައިވެރިއަކަށް އެޕަލް އައިފޯން 8.
- ކޮންމެ މަހަކު ހޮވޭ އެންމެ ގިނަ ޕޮއިންޓް ލިބޭ ބައިވެރިއަކަށް ރާއްޖެއިން ބޭރަށް ޗުއްޓީ ދަތުރެއް.
މި ޕްރޮމޯޝަންގައި ބައިވެރިވުމަށް، ކަސްޓަމަރުން 555 އަށް ‘GO’ ޖައްސަވާފައި ފޮނުއްވުމުން ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ. މި ޕްރޮމޯޝަން ހިނގަމުންދާނީ މިއަދުން ފެށިގެން 18 މާރޗް 2018 ގެ ނިޔަލަށެވެ.
”އުރީދޫ ވޯލްޑް ޓުއަރ“ އާއިބެހޭ އިތުރު މައުލޫމާތު އުރީދޫ ވެބްސައިޓް ooredoo.mv އަށް ޒިޔާރަތް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.



