ޚަބަރު ފީތާ

ސަޢުދީއިން ޔަމަނަށް ދިން ވައިގެ ޙަމަލާއެއްގައި 10 އަންހެނުން ޝަހީދު ވެއްޖެ

ސަޢުދީއިން ޔަމަނަށް ދިން ވައިގެ ޙަމަލާއެއްގައި އެގައުމުގެ 10 މީހުން ޝަހީދު ވެއްޖެ.

މިޙަމަލާގައި މަރުވެފައިވަނީ ކައިވެނީގެ ޙަފްލާއެއް ނިންމުމަށްފަހު ގެއަށް އެނބުރި ދިޔުމަށް ދަތުރުކުރަމުންދިޔަ  އާއިލާއެއްކަމަށް އަލްމައުރިބްގެ ހެލްތް ބިޔުރޯގެ އިސްވެރިޔާ ކަމަށްވާ، މުޙައްމަދު އައްޝައިބު އާ ހަވާލާދި ޔަމަނުގެ މީޑިޔާއިން  ބުނެފައިވެއެވެ.

ސަޢޫދީގެ މި އަނިޔާވެރި ޙަމަލާގައި ޝަހީދު ކޮށްލާފައިވަނީ 8 އަންހެނުންނާއި ކުޑަ 2 އަންހެން ކުދިންކަމަށް ވެސް ޝައިބު ވަނީ ހާމަކުރައްވާފައެވެ.

މީގެ އިތުރުން އެމީހުން ދަތުރުކުރި އުޅަނދަށް  ސަޢުދީއިން 3 ން ޙަމަލާއެއް ފޮނުވާލާފައިވާއިރު،  ސަޢުދީގެ މިޙަމަލާގައި ޝަހީދުވި ޢާއިލާ ހާޒިރުވެފައިވަނީ އަލް މަ އުރިބް ޝަޙަރުގައި އޮންނަ ޙަބީބް އަލް ޤަރާމިޝް ޑިސްޓްރިކްޓްގައި އޮތް ކައިވެނީގެ ޙަފްލާއަކަށެވެ.

ހޫޘީންގެ ހަނގުރާމައިގެ ފިޔައިގެ ސްޕޯކްސް ޕަރސަން  މުޙައްމަދު  އަބްދުއްސަލާމް ވަނީ، މިޙަމަލާއަކީ އިންސާނިއްޔަތާ ވެސް ޚިލާފު ޖަރިމާއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި މިހަފްތާތެރޭގައި ޠާއިޟް، ޞާދާ އަދި ހުދައިދާ އަށް ދެވުނު ޙަމަލާތަކުގައި މަރުވެގެންދިޔަ 70 މީހުންގެ މަރުގެ ޒިންމާ އުފުލަންޖެހޭނީ ސަަޢުދީންކަމަށް އޭނާ ބުނެފައިވެއެވެ.

ހޫޘީން ޔަމަނުގެ ކުރީގެ ރަޢީސް އަބްދުއްރައްބު މަންޞޫރު ހާދީ ވެރިކަން ގަދަކަމުން ދުުރުކުރުމާއި ގުޅިގެން، 2015 ވަނަ އަހަރުން ފެށިގެން ސަޢުދީގެ ގުޅިފައިވާ ކޯލިޝުން ދަނީ  މިފަދަ އެތައް ޙަމަލާއެއް ޔަމަނަށް ދެމުންނެވެ.

Rate this post