ނޮވެމްބަރު މަހު ޖެންޑަރ މިނިސްޓްރީއަށް 238 މައްސަލައެއް ވަނީ ރިޕޯޓުކޮށްފަ

ނޮވެމްބަރު މަހު ޖެންޑަރ މިނިސްޓްރީއަށް 238 މައްސަލައެއް ވަނީ ރިޕޯޓުކޮށް އެޓެންޑްކޮށްފައިކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 124 މައްސަލަ ނޮވެންބަރު މަހު ވަނީ ރިޕޯޓުކޮށްފައިވާ ކަމަށާއި މިއީ ނޮވެންބަރު 2017ގައި ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ 52 އިންސައްތަ ކަމަށެވެ. އަދި މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިންސީ ހާނީއްކައިގެ މައްސަލަތައް ކަމަށާއި މި ބާވަތުގެ ޖުމްލަ 57 މައްސަލައެއް ރިޕޯޓުކޮށްފައިވާކަމަށް ވަނީ ބުނެފައެވެ.

އިޝްތިހާރު Below Header ad

މި ބާވަތުގެ މައްސަލަތަކުގެ އިތުރުން ކުޑަކުދިންނަށްކުރާ ޖިސްމާނީ ހާނީއްކައިގެ 30 މައްސަލަ، އިހުމާލުވުމުގެ 19 މައްސަލަ، ނަފްސާނީ ހާނީއްކައިގެ 10 މައްސަލަ، ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 3 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 4 މައްސަލަ، އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާލިބުމުގެ ނުވަތަ ސައިބަރ ބުލީންގގެ ޝިކާރައަކަށްވުމުގެ 1 މައްސަލަ ހިމެނޭކަމަށްވެސް ބުންޏެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ އެކި ބާވަތުގެ ކުށް ކުރާ ކުޑަކުދިންގެ 5 މައްސަލަ މިނިސްޓްރީއަށް މިދިޔަ މަހު ހުށަހަޅާފައިވާ އިރު، އޭގެ ތެރޭގައި ވައްކަންކުރުމުގެ 1 މައްސަލަ އަދި މަސްތުވާތަކެތި ބޭނުންކުރުމުގެ 1 މައްސަލަ ހިމެނޭ ކަމަށެވެ. އަދި ކުޑަކުދިންގެ އަޚުލާޤީ މައްސަލަތަކުގެ 14 މައްސަލައެއް މިދިޔަ މަހު ހުށަހަޅައިފައިވާ އިރު، އޭގެ ތެރޭގައި ރުޅި އިސްކުރުން ނުވަތަ ރުޅިގަދަވެގެން އުޅުމުގެ 6 މައްސަލަ، ސްކޫލަށް ދާން ބޭނުން ނުވުމުގެ 4 މައްސަލަ، ގެއިން ނިކުމެގެން ދިޔުމުގެ 3 މައްސަލަ އަދި އެހެން ކުދިނަށް އިންޓަރނެޓް މެދުވެރިކޮށް ގަނާކުރުމުގެ ނުވަތަ ސައިބަރ ބުލީންގގެ 1 މައްސަލަ ހިމެނޭ ކަމަށެވެ.

ހަމަމިއާއެކު ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ 4 މައްސަލައެއް މިދިޔަ މަހު ހުށަހަޅާފައިވާ ކަމަށާއި އޭގެތެރޭގައި އައި.ޑީ ކާޑު ނުވަތަ ޕާސްޕޯޓު ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓް ނުހެއްދުމުގެ 2 މައްސަލައާ އުފަންވުން ރަޖިސްޓްރީ ނުކުރުމާބެހޭ 1 މައްސަލަ އަދި ކުދިންނަށް ވެކްސިން ނުދިނުމުގެ 1 މައްސަލަ ހިމެނޭކަމަށް ބުންޏެވެ.

ޢާއިލީ މައްސަލަތަކުގެ 42 މައްސަލައެއް މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅާފައި ކަމަށާއި މި ފަދަ މައްސަލަތަކުގެ ތެރޭގައި ޙަޟާނާ ނުވަތަ ކުދިންނާ ބައްދަލުނުކުރެވޭ 25 މައްސަލަ، ކުދިން ބެލުމުގައި ދިމާވާ 11 މައްސަލަ، އަދި ދަރިންގެ ޚަރަދު ދިނުމުގައި ދިމާވާ 5 މައްސަލަ ހިމެނޭ ކަމަށް ވަނީ ބުނެފައެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 35 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ހުށަހަޅާފައިވާ އިރު، މިއީ ނޮވެންބަރު 2017ގައި ރިޕޯޓްކޮށްފައިވާ މައްސަލަތަކުގެ ޖުމްލަ 15 އިންސައްތަކަމަށް އެ މިނިސްޓްރީން ބުނެފައިވާ އިރު، މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތައް ކަމަށާއި މި ގޮތުން ޖިސްމާނީ އަނިޔާކުރުމުގެ 17 މައްސަލައެއް މި މުއްދަތުގެ ތެރޭގައި ރިޕޯޓުކޮށްފައިވާކަމަށްވެސް ބުންޏެވެ.

މީގެ އިތުރުން މި ބާވަތުގެ މައްސަލަތަކުގެ ތެރޭގައި ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުންކުރެވޭ އަނިޔާގެ 8 މައްސަލަ، ބިރު ދެއްކުމަށް ކުރާ އެކިކަންކަމުގެ 3 މައްސަލަ، ޖިންސީ ހާނިއްކަކުރުމުގެ 2 މައްސަލަ، އިހުމާލުވުމުގެ 2 މައްސަލަ، މުދާ ހިފެހެއްޓުމާއި މުދަލަށް ގެއްލުންދިނުމުގެ 2 މައްސަލަ، އަދި ބާރާއި ނުފޫޒު ފޯރުވުމުގެ 1 މައްސަލަ ހިމެނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅާލުމާއި އެހީތެރިކަން ހޯދުމުގެ މި ފަދަ މައްސަލަތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 6 މައްސަލައެއް ހިމެނޭ ކަމަށާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 6 މައްސަލައެއް ހުށަހަޅައިފައިވާ އިރު، އަމިއްލަ ނަފްސަށް ގެއްލުންދިނުމާ ގުޅޭ 2 މައްސަލައެއް ނޮވެންބަރު މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.