މުރަނގަ ފަތުގެ ފައިދާ އެނގިލައްވާތޯ…؟

މުރަނގަ ފަތާ މުރަނގަ ގަހުގެ ތޮޅިއަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި ވަރަށް މަސްހޫރު ބާވަތްތަކެކެވެ. އެކި ބާވަތް ބާވަތުގެ ކާނާ ތައްޔާރު ކޮށްގެންނާއި ހުސްކޮށް ކެއުމަށްވެސް ބޭނުންކުރާ މި ބާވަތަކީ ސިއްހީގޮތުން އެތަކެއް ފައިދާ ތަކެއް އޭގައި އެކުލެވިގެންވާ އެއްޗެކެވެ.

އަޅުގަނޑުމެންގެ މި ދިވެހިރާއްޖޭގައި މުރަނގަ ގަހުގެ ތޮޅި އަކީ ރިހަކައްކައިގެން ވަރަށް ގިނައިން ކައިއުޅޭ އެއްޗެކެވެ. ހަމައެގޮތަށް އެގަހުގެ ފަތަކީވެސް ބައެއް ފަހަރު ރިހަކައްކަންވެސް ބޭނުންކުރާ އެއްޗެކެވެ.

އިޝްތިހާރު Below Header ad

މުރަނގަ ގަހުގެ ތޮޅި އަދި އެގަހުގެ ފަތަށް ބަލާއިރު އެއީ ބައެއް ބަލިތަކުގެ ފަރުވާއަށް ވެސް ބޭނުން ކުރެވިދާނެ ބާވަތެކެވެ.

އެގޮތުން ދާދި ފަހުން މުރަނގަ ގަހުގެ ފަތް އަދި އެގަހުގެ ތޮޅިން ލިބޭ ސިއްޚީ ފައިދާތަކާ ގުޅޭ ގޮތުން ދުނިޔޭގެ ބައެއް ސިއްޚީ މާހިރުން ގެ ދިރާސާ ތަކަށް ބަލާލުނހް މުހިންމުކލަމުގައި ދެކެމެވެ.  އެގޮތުން މުރަނގަ ތޮޅިއާއި އެގަހުގެ ފަތް ބޭނުންކުރަން ޖެހޭ 7 ސަބަބެއް އެފަރާތް ތަކުން ވަނީ ދިރާސާގެ އަލީގައި ކިޔާދީފައެވެ.

އެގޮތުން މުރަނގަ ގަހުގެ ބާވަތް ތަކުގައި އެތަކެއް މިނެރަލްސް އަކާއި ވިޓަމިންސް އެކުލެވޭކަމަށް ސީއްޚީ މާހިރުން ބުނެއެވެ.

އެގޮތުން ކޮންމެ ދުވަހަކު އެއް ޖޯޑު މުރަނަގަފަތް ބޭނުންކުރާނަމަ ވިޓަމިން B6 ގެ %19 ލިބޭކަމަށް ވެއެވެ.

އަދި މީގެ އިތުރުން ވިޓަމިން A %9 ލިބިދޭއިރު 2 ގުރާމް ޕްރޮޓީންވެސް ހަށިގަނޑަށް ލިއްބައިދެއެވެ.

މީގެ އިތުރުން ވިޓަމިން C  %12 އާއި ވިޓަމިން B2 ރިބޮފްލެވިން %11 ހިމެނެއެވެ. އަދި އަޔަން %11 އެކުލެވޭއިރު މެގްނީޒިއަމް %8 ހިމެނެއެވެ.

މުރަނގަ ފަތުގެ ބައެއް ފައިދާ:

މުރަނގަ ގަހުގެ ފަތް ހިކުމުންވެއް އޭގެ ގިނަ ފައިދާތަކެއް ހުރެއެވެ. އެގޮތުން ގައިގެ ކަށިތަކަށް ބޭނުވްވާ ބައެއް މާއްދާތަށް ލިއްބައިދިނުމުގެ އިތުރުން ކަށިތަށް ވަރުގަދަ ކޮށްދެއެވެ.

ކެންސަރު ޖެހުމުން ސަލާމަތް ކޮށްދިނުން:

މުރަނގަ ގަހުގެ ބާވަތް ތަކަކީ ހަށިގަނޑުގެ ދައި ކެންސަރު އުފައްދާ ރެޑިކަލް ތަކުން އެކަން ކުރުމަށް ހުރަސް އަޅާ މާއްދާއެއް އުފައްދާދޭ އެއްޗެކެވެ. އެގޮތުން މި މާއްދާތަށް އުފެދުމުގެ އަސްލަކީ ކެންސަރު ފަދަ ބަލިތައް ހަށިގަނޑުގައި އުފެއްދުމުގެ ބާރުކުޑަކޮށް ދިނިމެވެ. ސިއްޚީ މާހިރުން ވިދާޅުވާ ގޮތުގައި ވިޓަމިން ސީ އަދި ބީޓާ ކެރޮޓީން އަދި ކްލޮރޮޖެނިކް ފަދަ މާއްދާތަކަކީ މިފަހަދ ރެޑިކަލްތަކުން ހަށިގަނޑަށް ވާގެއްލުންތަށް ކުޑަކޮށްދޭ އެއްޗެކެވެ.

މުރަނގަ ގަހުގެ މޫ:

މުރަނގަ ގަހުގެ މުލުން ޖޫސް ތައްޔާރު ކޮށްގެން ބޭނުންކުރުމަކީ ބޮލުގައި ރިއްސާ ރިއްސުމަށް އޮތް ހައްލެކެވެ.

އަދި މީގެއިތުރުން ލޮލުގެ ބަލިތަކަށާއި ލޮލަށް ލިބޭ ގެއްލުންތަކަށްވެސް ހައްލު ލިއްބައިދެއެވެ. މީގެ އިތުރުން ލޭގެ ހަކުރު ދައްކޮށް ދިނުމަށްވެސް އެހީވެދޭއިރު ލޭ ސާފުކޮށްދިނުމަށްވެސް އެހީތެރިވެދެއެވެ. މީގެ އިތުރުން ހަންގަނޑު ޒުވާންކަން މަތީގައި ބެހެއްޓުމަށް މުރަނގަ ގަހުނެ ފަތާ އަދި އެގަހުގެ ތޮޅި ބޭނުންކުރުމުން އެހީތެރިވެދެއެވެ.

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.