އަލް ޢަޞްރުގެ “ޕްރޭ އެންޑް ޖޯއީ”
އަލް ޢަސްރުގެ ފަރާތުން ކުޑަކުދިންނަށް ޚާއްޞަކޮށްގެން ބާއްވާ “ޕްރޭ އެން ޖޯއި” ނަމާދު ވޯކްޝޮޕް މި ނޮވެމްބަރ މަހުގެ 27 އަދި 28 ގައި އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އަލް ޢަސްރުގެ ފަރާތުން މަޢުލޫމާތު ދެއްވައިފިއެވެ.
މި ވޯކްޝޮޕް ޚާއްޞަކޮށްފައިވާ ޢުމުރުފުރާ އަކީ 7 އަހަރާއި 9 އަހަރާ ދެމެދުގެ ކުދިންނަށެވެ. އަންހެން އަދި ފިރިހެން ކުދިންނަށްވެސް ބައިވެރިވެވޭ ގޮތަށް މި ވޯކްޝޮޕް ބޭއްވުމަށް ހަމަޖެހިފައިވަނީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ހޯލްގައެވެ.
އަލް ޢަސްރުގެ ފަރާތުން މައުލޫމާތު ދެއްވި ގޮތުގައި މި ވޯކްޝޮޕްގައި ކިޔަވައި ދެއްވާނީ އައްޝައިޚް ޢަބްދުﷲ މިފްޒާލް، އައްޝައިޚް މުޙައްމަދު ޝާހިދު އަދި އައްޝައިޚް ޝިހާމް މުޙައްމަދު އެވެ. އަދި މޫސާ ޝިފާއުގެ ސެޝަންތަކެއްވެސް ހިމެނޭނެކަމަށް އެބޭފުޅުން މައުލޫމާތު ދެއްވިއެވެ.
އެޓޯލް ނިއުސް އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަލް ޢަސްރުގެ އޮފިޝަލް އިތުރަށް ވިދާޅުވީ ދެ ދުވަހުގެ މި ވޯކްޝޮޕް ކުރިއަށް ގެންދާނީ ދެ ސެޝަންއަކަށް ބަހާލައިގެން ކަމަށާއި އެއީ ހެނދުނު 08:30 ފެށިގެން 11:30 އަށް އަދި މެންދުރުފަހު 14:00 ފެށިގެން 17:00 ޖަހަންދެން ކަމަށެވެ. ވޯކްޝޮޕްގައި ވުޟޫ ކުރާނެ ގޮތާއި، ބަންގި އަދި ނަމާދުގެ މުހިންމު ކަމާއި މާތްކަން ކުޑަކުދިން ގަޔާވާގޮތަށް ޢަމަލީ ގޮތުން ކުދިން ބައިވެރިކުރުވައިގެން ކިޔަވައިދެވިގެން ދާނެއެވެ.
“ޕްރޭ އެން ޖޯއި” އަކީ ކުޑަކުދިންގެ އުމުރުފުރައާ ގުޅޭ ގޮތަށް އެކުދިންނަށް ފަސޭހައިން ވިސްނޭނެހެން ނަމާދު ކުރުމުގައި އެނގެން ޖެހޭ ހުރިހާ ކަމެއް އޭގައި ހިމެނިގެން ކުރިއަށް ގެންދެވޭ ވޯކްޝޮޕެއް ކަމަށާއި އުމުރުން 7 އަހަރުގައި ދަރިން ލައްވައި ނަމާދުކުރުވައި ނަމާދު ކުރުމަށް ދަސްކޮށްދިނުމަކީ މައިންބަަފައިންގެ ޒިންމާއެއް ކަމުން އެކަމަށް އެހީތެރިވެ ދިނުމަކީވެސް މި ވޯކްޝޮޕްގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނޭކަމެއް ކަމަށް އަލް ޢަސްރުން ވިދާޅުވިއެވެ. އަދި މި ވޯކްޝޮޕްގެ ފީ އަކީ -/500 ރުފިޔާ ކަމަށްވެސް މައުލޫމާތު ދެއްވިއެވިއެވެ. މިއީ އަލް ޢަސްރުގެ ފަރާތުން 2015 ވަނަ އަހަރުން ފެށިގެން ބާއްވާ މިފަދަ ހަތަރުވަނަ ވޯކްޝޮޕް ކަންވެސް އެބޭފުޅުން ފާހަގަކުރެއްވިއެވެ.
މި ވޯކްޝޮޕްގައި ރެޖިސްޓްރީ ކުރުމަށް މި ލިންކް http://tiny.cc/PrayNjoy ބޭނުން ކުރެއްވުމަށް އަލް ޢަސްރުން އިލްތިމާސް ކުރައްވައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވެ ލައްވާނަމަ އެބޭފުޅުންގެ ނަންބަރު 7925277 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެކަމަށް ވިދާޅުވިއެވެ.