މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފި

އ.ދ.ގެ 72 ވަނަ ޢާންމު ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްސީލުކޮށް، ޢާންމު ބައްދަލުވުމުގެ ހަވާސާގައި ހިނގާ އެކިއެކި ބައްދަލުވުންތަކުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވުމަށް، މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ މިމަހުގެ 15އިން 21އަށް އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.

އެގޮތުން، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ހުއްޓުވުމާ ގުޅޭގޮތުން ކުރިއަށްދިޔަ ”ޕްރިވެންޓިންގ ވަޔަލަންސް އަގެއިންސްޓް ޗިލްޑްރަން“ ހައި-ލެވަލް ސައިޑް-އިވެންޓުގައި ޕެނަލިސްޓެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެން، އެކަމަނާ ރިޔާސަތު ބަލަހައްޓަވައިފައިވެއެވެ. މިބައްދަލުވުމުގެ ބައިވެރިން ވަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ހުއްޓުވުމަށް އެކި ޤައުމުތަކުން ކުރަމުންގެންދާ މަސައްކަތްތަކާއި، ކުރިމަތިވާ ގޮންޖެހުންތަކާއި، އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އަދި ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކުރުމަށްޓަކައި ”އަ ޕްރޮމިސް ޓު ޗިލްޑްރަން: ދެއަރ ރައިޓްސް އެންޑް ވެލްބީންގ އިން ދަ އެސް.ޑީ.ޖީސް“ ގެ ނަމުގައި ބޭއްވުނު ބައްދަލުވުމުގައި ޕެނަލިސްޓެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން، ދިވެހިރާއްޖޭން މިދާއިރާގައި ކުރަމުންދާ މަސައްކަތްތައް މިނިސްޓަރ ޒެނީޝާ ޙިއްޞާކުރައްވައިފައިވެއެވެ. އެގޮތުން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށްކުރާ މަސައްކަތްތަކުގެ އިތުރުން، ޔުނިވަރސަލް ހެލްތު އިންޝުއަރަންސް ސްކީމެއް ތަޢާރަފްކުރެވިފައިވާކަމާއި، މައިމީހާއާއި ދަރިފުޅަށް ބޭނުންވާ ޞިއްޙީ ޚިދުމަތްތައް ވަރަށް ބޮޑަށް ތަރައްޤީކުރެވިފައިވާކަން އެކަމަނާ ފާހަގަކުރައްވައިފައިވެއެވެ.

މީގެ އިތުރުންވެސް، ”ވިމެންސް އިކޮނޮމިކް އެމްޕަވަރމަންޓް“އާ ގުޅޭ ހައި-ލެވަލް ރައުންޑް-ޓޭބަލްގައި ބައިވެރިވެވަޑައިގެން، މި ދާއިރާގައި ދިވެހިރާއްޖޭން ކުރަމުންގެންދާ މަސައްކަތްތައްވެސް އެކަމަނާ ޙިއްޞާކުރައްވައިފައިވެއެވެ. އަދި ”ޑެލިވަރިންގ ޓުގެދަރ ފޮރ ހެލްތީ އެންޑް އެމްޕަވަރޑް ވިމެން، ޗިލްޑްރަން އެންޑް އެޑޮލަސަންސް“ އާއި ”އިންވެސްޓިންގ އިން ދި އަރލީ އިއަރސް: އަ ރޯޑްމެޕް ފޮރ ސަސްޓެއިނަބަލް ފިއުޗަރސް“ ހައި-ލެވެލް ބައްދަލުވުމުގައި މިނިސްޓަރ ޒެނީޝާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އ.ދ.ގެ 72 ވަނަ ޢާންމު ބައްދަލުވުމުގައި ބައިވެރިވެވަޑަތިގަތުމަށް މިނިސްޓަރ ޒެނީޝާ ކުރެއްވި ދަތުރުފުޅުގައި، އ.ދ.ގެ ސްޕެޝަލް ރެޕްރެޒެންޓޭޓިވް އޮފް ދަ ސެކްރެޓަރީ ޖެނެރަލް އޮން ވަޔަލެންސް އެގެއިންސްޓް ޗިލްޑްރަން، މިސް މާތާ ސަންޓޯސް ޕެއިސްއާއި، ޔުނިސެފްގެ ޑިރެކްޓަރ އޮފް ޕްރޮގްރާމްސް މިސްޓަރ ޓެޑް ޗައިބާންއާއި، ނިއުޒީލެންޑުގެ ސަރުކާރުން އ.ދ.އަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ކްރެއިގް ހޯކްއާއި، ޑުބާއީ ކެއަރސްގެ ޗީފް އެގްސެކެޓިވް އޮފިސަރ ތޯރިގް އަލް-ގުރްގާއާ ބައްދަލުކުރައްވައި، ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމަށްޓަކައި ދިވެހިރާއްޖޭން ކުރަމުންދާ މަސައްކަތްތައް ޙިއްޞާކުރައްވައި، ކުރިމަގުގައި މިދާއިރާއިން ކުރަންހުރި މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި ދެފަރާތުން ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.