ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ހުއްޓުވުމާ ގުޅޭގޮތުން އ.ދ.ގެ 72 ވަނަ ޢާންމު ބައްދަލުވުމުގެ ހަވާސާގައި ދިވެހިރާއްޖެއިން ހައި-ލެވަލް ސައިޑް-އިވެންޓެއް ކޯ-ހޯސްޓުކޮށްފި

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ހުއްޓުވުމާ ގުޅޭގޮތުން އ.ދ.ގެ ޢާންމު ބައްދަލުވުމުގެ ހަވާސާގައި ދިވެހިރާއްޖެ، އެސްޓޯނިއާ، ނައިޖީރިއާ، އަދި  އޮފީސް އޮފް ދަ ސްޕަޝަލް ރެޕްރެޒެންޓޭޓިވް އޮފް ދަ ސެކްރެޓަރީ ޖެނެރަލް އޮން ވަޔަލެންސް އެގެންސްޓް ޗިލްޑރަންއާއި ގްލޯބަލް ޕާޓްނަޝިޕް ޓު އެންޑް ވަޔަލެންސް އެގެންސްޓް ޗިލްޑރަންއިން ގުޅިގެން ހައި-ލެވަލް ސައިޑް-އިވެންޓެއް ކުރިއަށް ގެންގޮސްފިއެވެ.

މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ ޕެނެލިސްޓެއްގެ ގޮތުގައި ބައިވެރިވެ ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމުގައި، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ހުއްޓުވުމަށް އެކި ޤައުމުތަކުން ކުރާ މަސައްކަތްތަކާއި، ކުރިމަތިވާ ގޮންޖެހުންތަކާއި، އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ނިޒާމު ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، މި ދާއިރާގައި ދިވެހި ސަރުކާރުން ކުރާ އެކި މަސައްކަތްތަކަށް އަލިއަޅުވައިލައި، ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ހުސްވި މަހު އިންތިޒާމުކުރި ޤައުމީ މަހާސިންތާއާއި، ކަމާބެހޭ ދާއިރާތަކުގެ މަޝްވަރާއާއެކު 2 އަހަރު ދުވަހުގެ މުއްދަތަށް އެކުލަވައިލެވުނު ޤައުމީ އެކްޝަން ޕްލޭނާ ގުޅޭ މަޢުލޫމާތު މިނިސްޓަރ ޒެނީޝާ ޙިއްޞާކުރެއްވިއެވެ. އަދި، ކުޑަކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކަމާބެހޭ ފަރާތްތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެކަމަނާ އަލިއަޅުވައިލެއްވިއެވެ.

70އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވި މި ބައްދަލުވުމުގައި މިނިސްޓަރ ޒެނީޝާގެ އިތުރުން، އެސްޓޯނިއާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ހިޒް އެކްސެލެންސީ ސްވެން މިކްސަރ އަދި ނައިޖީރިއާގެ މިނިސްޓަރ އޮފް ޑިފެންސް ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާޑް މަންސޫރު ޑާން ޢަލީ ވެސް ޕެނަލިސްޓުންގެ ގޮތުގައި ވާހަކަފުޅު ދައްކަވާފައިވެއެވެ. މީގެއިތުރުން މިބައްދަލުވުމުގައި، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭގޮތުން ކުދިންގެ ޚިޔާލު ދައްކުވައިދިނުމަށް ދިވެހިރާއްޖޭގެ ސަރުކާރާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން ތައްޔާރުކޮށްފައިވާ ވީޑިއޯ ޕްރެޒެންޓޭޝަނެއްވެސް ވަނީ ހުށަހަޅައިފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.