
އުރީދޫގެ ނެކްސްޓް ގެ ނަމުގައި އެކުންފުނިން އައު ޑިޖިޓަލް އެންގޭޖްމަންޓް ޕްލެޓްފޯމް އެއް!
އުރީދޫ ނެކްސްޓްގެ ނަމުގައި އައު ޑިޖިޓަލް އެންގޭޖްމަންޓް ޕްލެޓްފޯމް އެއް ތައާރަފް ކޮށްފިއެވެ.
މި ޚިދުމަތް ފަށާފައިވަނީ، 4 ބިލިއަން ކަސްޓަމަރުންގެ ޕްރީޕެއިޑް މޮބައިލް މާކެޓްގައި ކުރެވޭ މުއާމަލާތްތަކަށް އިންޤިލާބީ ބަދަލެއް ގެނައުމަށް މަސައްކަތްކުރަމުންދާ ސިލިކަން ވެލީގެ ޓެކްނޮލޮޖީ ކުންފުނި، ފާސްޓްފޯވާޑް.އޭއައި އާއި ގުޅިގެންނެވެ. އާޓިފިޝަލް އިންޓެލިޖެންސް އާއި މެޝިން ލަރނިންގް ބޭނުންކުރާ ރިއަލް ޓައިމް އޭޕީއައި ޕްލެޓްފޯމް އެއްގެ އެހީގައި ހިނގާ އުރީދޫ ނެކްސްޓް މެދުވެރިކޮށް، ރާއްޖޭގެ ކޮންމެ މޮބައިލް ކަސްޓަމަރަކަށްވެސް، ފޭސްބުކް މެސެންޖަރ އިން އުރީދޫ އާއި ބެހޭ ތަފާތު މައުލޫމާތު ސާފުކޮށް، ޚިދުމަތް ހޯދޭނެއެވެ.
”ދުނިޔޭގެ އެކި ހިސާބުތަކުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ ދައުރު އިތުރުވަމުންދާއިރު، ޑިޖިޓަލް ޚިދުމަތްތަކުގެ ފައިދާތައް ދިވެހިރާއްޖެއަށް ގެނެސްދީ، ޑިޖިޓަލް ދިވެހިރާއްޖެ އެއް ގާއިމް ކުރުމުގައި އުރީދޫ އިން އިސްނަގައި، އެކަމަށް ފުރިހަމަ އެއްބާރުލުން ދޭނަން. އައު ޚިދުމަތެއް ތައާރަފްކުރިކަމުގައި ވިއަސް، ނުވަތަ ކަސްޓަމަރުންނާއި އެކު މުއާމަލާތް ކުރާ ތަފާތު ގޮތްތަކަށް ބަލާލިކަމުގައި ވިއަސް، އުރީދޫ އިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ފަހުގެ ޓެކްނޮލޮޖީތައް މެދުވެރިކޮށް ކަސްޓަމަރުންނަށް އައު ފުރުސަތުތަކާއި ތަޖުރިބާ ތަކެއް ފޯރުކޮށްދިނުމަށް. މިގޮތުން، އުރީދޫ ނެކްސްޓްގެ ނަމުގައި ކަސްޓަމަރުންނަށް ޑިޖިޓަލް ކޮމްޕޭނިއަން އެއް ނުވަތަ ބައިވެރިއެއް ތައާރަފް ކުރުމާއި އެކު، ޑިޖިޓަލް ގައުމަކާއި ހަމައަށް ވާސިލް ވުމަށް އަޅުގަނޑުމެން ކުރަމުންދާ ދަތުރުގައި، ވަރަށް މުހިއްމު ލަނޑުދަނޑިއެއް ވަނީ ހާސިލްވެފައި. ސަބަބަކީ، މިއަދުގެ ކަސްޓަމަރުންގެ ބޭނުންތަކަށް ހާއްސަކޮށް ފަރުމާކުރެވިފައިވާ މި ޕްލެޓްފޯމް މެދުވެރިކޮށް، އަޅުގަނޑުމެންނަށް ލިބިގެންދިޔައީ ކަސްޓަމަރުންނާއި އެކު މުއާމަލާތު ކުރުމަށް މުޅިން އައު ގޮތެއް. މި ޕްލެޓްފޯމް މި ފެށިފައިވަނީ ފޭސްބުކް މެސެންޖަރގައި، އަދި ކުރިއަތް އޮތްތަނުގައި މަޤުބޫލު އެހެން ސޯޝަލް ޕްލެޓްފޯމްތަކަށް ފުޅާކުރެވިގެން ދާނެ.“ އުރީދޫ ގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވިއެވެ.
”ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅުގަނޑުމެންގެ ކަސްޓަމަރުންވާއިރު، އެ ބޭފުޅުންނަށް އެންމެ ފުރިހަމަ ގޮތުގައި ޚިދުމަތްދީ، ގާތް ގުޅުމެއް ބޭއްވުމަށްޓަކައި، އުރީދޫ ނެކްސްޓް ފަދަ އުފެއްދުންތެރި ހައްލުތައް މުހިންމު ދައުރެއް އަދާކުރޭ. މިގޮތުން، މިއަދު މި ތައާރަފްކުރެވުނު ޕްލެޓްފޯމް މެދުވެރިކޮށް، ރާއްޖޭގައި މޮބައިލް ފޯން ބޭނުންކުރައްވާ ކޮންމެ ބޭފުޅަކަށްވެސް، އުރީދޫ އާއި މުޚާތަބުކޮށް، އުރީދޫގެ ޚިދުމަތްތަކާއި ފަހުގެ ޕްރޮމޯޝަންތަކުގެ މައުލޫމާތު ފަސޭހަމާއި އެކު ހޯދާ ލެވޭނެ. ހަމައެއާއި އެކު، އުރީދޫ ކަސްޓަމަރުން ބޭނުންކުރަށްވާ ޚިދުމަތްތައް މެނޭޖްކުރުމުގައި ވެސް، މިއީ ވަރަށް ބޮޑު ފަސޭހަކަމެއް ލިބިގެންދާނެ ޕްލެޓްފޯމް އެއް.“ އުރީދޫގެ ހެޑް އޮފް ކަސްޓަމަރ ކެއާ، ގުލްނާޒް މާހިރު ވިދާޅުވިއެވެ.
”އުރީދޫ ނެކްސްޓް މެދުވެރިކޮށް ޚިދުމަތް ހޯދުމަށްޓަކައި، ކަސްޓަމަރުން ބޭނުންކުރަންޖެހެނީ، މިހާރުވެސް ގިނަ ވަގުތުތަކެއް ހޭދަކުރަމުންދާ ޕްލެޓްފޯމް އެއްކަމުން، އެއްވެސް އިތުރު އެޕްލިކޭޝަން އެއް ދަސްކުރާކަށް، ނުވަތަ ޑައުންލޯޑު ކުރާކަށް ނުޖެހޭ. ފޭސްބުކް މެސެންޖަރ މެދުވެރިކޮށް ރައްޓެއްސަކާއި ވާހަކަދައްކާލާ ފަދައިން، އުރީދޫ އާއި ވެސް މިހާރު މުޚާތަބު ކުރެވޭނެ. އުރީދޫ އާއި ފޭސްބުކް ގުޅިގެން ރާއްޖޭގައި ތައާރަފްކޮށްފައިވާ ފްރީ ބޭސިކްސް ޕްރޮގްރާމް މެދުވެރިކޮށް ފޭސްބުކް މެސެންޖަރ ހިލޭ ބޭނުން ކުރެވުމަކީވެސް، އުރީދޫ ނެކްސްޓް ބޭނުންކުރުމުގައި ލިބިގެންދާ އިތުރު ފަސޭހައެއް. މިގޮތުން، އަޅުގަނޑުމެންގެ ވިޔަފާރި ފުޅާވަމުންދާ ވަރަކަށް، އަލަށް ތައާރަފް ކުރެވޭ ޚިދުމަތްތައް އުރީދޫ ނެކްސްޓުގައި ހިމަނައި، މި ޑިޖިޓަލް އެންގޭޖްމަންޓް ޕްލެޓްފޯމް އިތުރަށް ތަރައްްްޤީ ކުރެވެމުންދާނެ.“ ގުލްނާޒް އިތުރަށް ވިދާޅުވިއެވެ.
އުރީދޫ ނެކްސްޓް މެދުވެރިކޮށް:
- އައު ޕްރޮމޯޝަންތަކާއި އޮފަރތަކުގެ މައުލޫމާތު ލިބިގެންދާނެ.
- އުރީދޫގެ ހުރިހާ ޚިދުމަތްތަކުގެ ތަފްސީލު ލިބިގެންދާނެ.
- އުރީދޫ ކަސްޓަމަރުން ބޭނުންކުރަމުންދާ ޚިދުމަތްތަށް މެނޭޖްކޮށް، އިތުރު ޚިދުމަތްތައް ޚިޔާރުކުރެވޭނެ.
”ފާއިތުވި 20 އަހަރު ތެރޭގައި މާ ބޮޑު ބަދަލެއް އައިސްފައި ނުވާ ޕްރީޕެއިޑް މޮބައިލް ކަސްޓަމަރުންގެ މާކެޓަށް، އަޅުގަނޑުމެން މި ގެނެސްދެނީ ސިލިކަން ވެލީގެ އެންމެ ފަހުގެ ޓެކްނޮލޮޖީތައް. އަދި ޚިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް %100 ކޮންޓްރޯލް ދިނުމަށް، މޮބައިލް އޮޕަރޭޓަރުންނަށް އަޅުގަނޑުމެން އެހީތެރިވަން. މިގޮތުން ބޭނުންކުރާނީ ކޮން ޚިދުމަތެއްކަން، ކިހިނެތްކަން، އަދި ކޮން ވަގުތެއްގައި ކަން، ނިންމަވާނީ ކަސްޓަމަރުން.“ ފާސްޓްފޯވާޑް.އޭއައި ގެ ކޯ-ފައުންޑަރ އަދި ސީއީއޯ، އޯގީ ކ. ފަބެލާ، ވިދާޅުވިއެވެ. ”އުރީދޫގެ ކަސްޓަމަރުންނާއި ގުޅުންބަދަހި ކުރުމަށް އެކުންފުނިން ކުރާ މަސައްކަތުގައި ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް.“ އެބޭފުޅާ އިތުރަށް ވިދާޅުވިއެވެ.
”ކުރީގައި ދިހަ، ނުވަތަ 20 ”ކްލިކް“ ކޮށްގެން ކަސްޓަމަރުންނަށް ކުރެވޭ ތަޖުރިބާތަކެއް، މިހާރު މިގެނެސްދެނީ އެންމެެ ”ކްލިކް“ އެއް ނުވަތަ ”ސްވައިޕް“ އަކުން. ޕޭޓަންޓް ކުރެވެމުންދާ، ފާސްޓް ފޯވާޑް އެން.އެކްސް.ޓީTM ޕްލެޓްފޯމް އާއި އެކު، ކަސްޓަމަރުންނާއި އާންމުކޮށް ކުރަންޖެހޭ ހުރިހާ މުއާމަލާތްތަކެއް މޮބައިލް ފޯނު ބޭނުންކޮށްގެން، ފޭސްބުކް މެސެންޖަރ މެދުވެރިކޮށް ކުރެވޭ ހައްލެއް މޮބައިލް އޮޕަރޭޓަރުންނަށް ފޯރުކޮށްދެވޭ.“ ފާސްޓްފޯވާޑް.އޭއައި ގެ ކޯ-ފައުންޑަރ އަދި ސީޕީއޯ، ރޯމިއޯ އެސް. ގަނެސްކޫ، ވިދާޅުވިއެވެ.
ކުރިއަށްއޮތް ތަނުގައިވެސް އުރީދޫ އިން މަސައްކަތް ކުރަމުންދާނީ އުފެއްދުންތެރި ހައްލުތައް މެދުވެރިކޮށް، ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ރަނގަޅުކުރުމަށެވެ.



