ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ސީޕްލޭން ފްލީޓަށް އިތުރު ބޯޓެއް މިރޭ ގެނެސްފިއެވެ.
މޯލްޑިވިއަންގެ ސީޕްލޭން ފްލީޓަށް ގެނެސްފައިވާ ޑީއެޗްސީ6 ޓުވިން އޮޓާ މަރުކާގެ ބޯޓަކީ މޯލްޑިވިއަންގެ ސީޕްލޭން ފްލީޓަށް ގެނައި 9 ވަނަ ބޯޓެވެ.
ސްވިޓްޒަލެންޑްގެ ސެއިންޓް ގާލެން އަލްތޮންރާން އެއަރޕޯޓުން ފުރައިގެން ރާއްޖެ އައި މި ބޯޓު އިްބރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވަނީ މިރޭ ގާތްގަޑަކަށް 19:20 އެހާކަންހާ އިރުއެވެ.
މިދިޔަ މަހުގެ ތެރޭގައި މޯލްޑިވިއަން އިން ޑީއެޗްސީ6 ޓުވިން އޮޓާ މަރުކާގެ ބޯޓެއް ގަތުމަށް އިޢުލާން ކޮށްފައިވާ އިރު، އެ ކުންފުނިން ޓްވިން އޮޓާ މަރުކާގެ މަތިންދާ ބޯޓު ބޭނުންކުރާނީ ފްލޯޓު ހަރުކޮށްގެން ސީޕްލޭންގެ ގޮތުގައެވެ.
ޤައުމީ އެއަރލައިންގެ ސީޕްލޭން ފްލީޓިގެ ތެރޭގައި ލަގްޒަރީ ސީޕްލޭންގެ ގޮތުގައިވެސް ބޯޓެއް ބޭނުންކުރަމުން ދެއެވެ.