ސްކޮލަރސް ސެމިނަރ އޮން އިސްލާމިކް ފައިނޭންސް ޕްރޮގްރާމް ބާއްވަނީ

މޯލްޑިވްސް އިސްލާމިކް ބޭންކުގެ އެހީތެރިކަމާއެކު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން އިންތިޒާމުކޮށްގެން ބާއްވާ މި ޕްރޮގްރާމު އޮންނާނީ މި އޮކްޓޯބަރ މަހުގެ 8 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00ން ހަވީރު 17:00އަށެވެ.

ދިވެހިރާއްޖޭގެ ޢިލްމުވެރިންނަށް އަމާޒުކޮށްގެން އިސްލާމީ ޔުނިވަރސިޓީގެ ހޯލުގައި ބާއްވާ މި ޕްރޮގްރާމުގައި ފަސްދޮޅަހަށްވުރެ ގިނަ ޢިލްމުވެރިންނާއި ކަމާއިބެހޭ ފަރާތްތަކުން ބައިވެރިވާނެއެވެ.

އިޝްތިހާރު Below Header ad

އިސްލާމިކް ފައިނޭންސާއި އިސްލާމިކް ބޭންކިންގ އާބެހޭ މަޢުލޫމާތު މި ޕްރޮގްރާމުގައި ފޯރުކޮށްދޭ އިރު، މަޢުލޫމާތު ދެއްވާނީ މޯލްޑިވްސް އިސްލާމިކް ބޭންކުގެ ޝަރީޢާ ބޯޑުގެ ޗެއަރމަން ޝައިޚް ޑރ. އީޖާޒް އަޙްމަދު ސަމަދާނީ އެވެ.

އޭނާއަކީ އިސްލާމިކް ފައިނޭންސާއި ޝަރުޢީ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކޮށް މިދާއިރާގެ ގިނަގުނަ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ.

މި ޕްރޮގްރާމުގައި ” މުރާބަހާ “ގެ ނަމުގައި ވަރަށް ޚާއްޞަ ފޮތެއް ނެރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިފޮތް ނެރެދެއްވާނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.