ދިރިއުޅުމަށް ކުރާ މަސައްކަތުގެ ސަބަބުން ރޯދަ ދޫކޮށްލުން

އަޅުގަޑަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ މީހަކީމެވެ. ރަމަޟާން މަހު ރޯދަ ހިފައިގެން ހުރެ މަސައްކަތް ކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ވީމާ، ރޯދަ ދޫކޮށްލުން އަޅުގަޑަށް ހުއްދަވެގެންވޭތޯއެވެ؟

الحمد لله، والصلاة والسلام على رسول الله، صلى الله عليه وسلم، وبعد

އިޝްތިހާރު Below Header ad

މުއިމިނުންގެ މައްޗަށް ވާޖިބު ވެގެންވަނީ ރަމަޟާން މަސް އަތުވެއްޖެނަމަ އެމައްސަރުގައި ރޯދަ ހިފުމެވެ. ބުރަކޮށް މަސައްކަތް ކުރަން ޖެހޭނަމަ މަސައްކަތް ލުއިކޮށްލުން ރަގަޅެވެ. ނޫންނަމަ، ރޯދަ ހިފަން އުނދަގޫ ނުވާނެ ގޮތަށް މަސައްކަތުގެ ގަޑިތައް ރާވާލުން ރަގަޅެވެ. ސަބަބަކީ ރަމަޟާން މަހު ރޯދަ ހިފުމަކީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ރުކުނަކަށްވީތީއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.

(بُنِيَ الْإِسْلَامُ عَلَى خَمْسٍ : شَهَادَةِ أَنْ لَا إِلَهَ إِلَّا اللَّهُ ، وَأَنَّ مُحَمَّدًا رَسُولُ اللَّهِ ، وَإِقَامِ الصَّلَاةِ ، وَإِيتَاءِ الزَّكَاةِ ، وَصَوْمِ رَمَضَانَ ، وَحَجَّ الْبَيْتِ مَنْ اسْتَطَاعَ إِلَيْهِ سَبِيلًا )

މާނައަކީ: “އިސްލާމްދީން ބިނާވެގެންވަނީ ފަސްކަމެއްގެ މައްޗަށެވެ. ﷲ މެނުވީ ޙައްގުވެގެން އަޅުކަން ވެވޭ އިލާހަކު ނުވާކަން ހެޔޮ ހިތުން ގަބޫލު ކުރުމާއި، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަކީ އެކަލާނގެ ރަސޫލާކަން ގަބޫލުކުރުމާއި، ނަމާދު ގާއިމް ކުރުމާއި، ޒަކާތް ދިނުމާއި، ރަމަޟާން މަހު ރޯދަ ހިފުމާއި، ކުޅަދާނަކަން ލިބިގެންވާ މީހާ ކަޢްބަތުﷲ ގެފުޅަށް ގޮސް ޙައްޖުވުމެވެ”.

އެހެންކަމުން، ކޮންމެ މުސްލިމް ފިރިހެނަކާއި އަންހެނެއްގެ މައްޗަށް ވާޖިބުވެގެން ވަނީ ރަމަޟާން މަހު ރޯދަ ހިފުމެވެ. އަދި އެކަމަށް ހުރަސް އެޅޭ ކޮންމެ ކަމަކުން ދުރުހެލިވެ ރައްކާތެރިވުމެވެ. މަސައްކަތަކީ ނިމޭނެއެއްޗެއް ނޫނެވެ. އެކަމަށް ވަގުތުވެސް ބައިވަރެވެ. ވީމާ، ރޯދަ ހިފުމަށް ބުރޫ ނާރާނެ ގޮތަށް މަސައްކަތުގެ ވަގުތުތައް ރާވާލުން މުހިންމެވެ. މަސައްކަތުގެ ބުރަކަމުންނޭ ކިޔާ ރަމަޟާން މަހު ރޯދަ ނުހިފާ ދޫކޮށްލުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. والله أعلم

ޖަވާބު ދެއްވީ: ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަޠީފު

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.