އެސްޓީއޯ ސްޕަމާރޓް ހޯލްސޭލް ސެންޓަރުން ހޯލްސޭލް ޕްރޮމޯގެެ ނަމުގައި ޕްރޮމޯޝަންއެއް ފަށައިފި
އެސްޓީއޯ ސްޕަމާރޓް ހޯލްސޭލް ސެންޓަރުން ހޯލްސޭލް ޕްރޮމޯގެ ނަމުގައި މިއަދު ޕްރޮމޯޝަންއެއް ފަށައިފިއެވެ.
އޭޕްރީލް މަހުގެ 01 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 01 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ ހޯލްސޭލް ޕްރޮމޯޝަން ފައްޓަވައިދެއްވީ އެސްޓީއޯ ސްޕަމާރޓް ހޯލްސޭލް ސެންޓަރުގައި ބޭއްވި ހާއްސަ ހަފްލާއެއްގައި އެސްޓީއޯގެ ސީނިއަރ ޖެނެރަލް މެނޭޖަރ ފާތިމަތު އާޝާން އެވެ.
މި ޕްރޮމޯޝަން ޙާއްސަކުރެވިފައިވަނީ އެސްޓީއޯއިން ރާއްޖެއަށް އެތެރެކޮށް ހޯލްސޭލް ކުރާ 36 ބްރޭންޑަށެވެ. މި ބްރޭންޑްތަކުގެ ތެރޭގައި ޔޫރަޕުގެ 9 ބްރޭންޑް، އޭޝިޔާގެ 19 ބްރޭންޑް، މެދުއިރުމަތީގެ 5 ބްރޭންޑް އަދި އެފްރިކާގެ 3 ބްރޭންޑް ހިމެނެއެވެ. މިދެންނެވި ބްރޭންޑްތަކުގެ އުފެއްދުންތަކުގެ ތެރޭގައި އާއްމުންނަށް ހެޔޮ އަގެއްގައި ފޯރުކޮށްދޭ ކައްކާ ތެޔޮ، ސަންފްލާވާ ތެޔޮ، ބާސްމަތީ ހަނޑޫ، ގެރިކިރު، ތަފާތު ވަައްތަރުގެ ޖޫސް، ހިކި ކިރު، ޕާސްތާ، ސުޕެގެޓީ، ރައިބީނާ، ކޮފީ، ސައިފަތް ހިމެނެއެވެ.
މިޕްރޮމޯޝަން ކުރިއަށްދާއިރު -/1000 ރުފިޔާއިން މަތިން ވިޔަފާރިކުރައްވާ ކޮންމެ ބޭފުޅަކަށްވެސް ކޫޕަނެއް ލިބިގެންދާނެއެވެ.
މި ޕްރޮމޯޝަންގެ އެއްވަނަ އިނާމުގެ ގޮތުގައި ދުބާއީ ދަތުރެއް ލިބިގެންދާއިރު ދެވަނަ އިނާމެއްގެ ގޮތުގައި ތައިލެންޑް ދަތުރެއް، އަދި ތިންވަނަ އިނާމެއްގެ ގޮތުގައި އިންޑޮނޭޝިއާއަށް ދަތުރެއް ލިބިގެންދާނެއެވެ.
މިހުރިހާ ދަތުރުތަކެއްވެސް ހަމަޖައްސައިފައިވަނީ 5 ދުވަހުގެ ހުރުމާއި އަދި ޕޮކެޓް މަނީއާވެސް އެކުގައެވެ. އަދި މީގެއިތުރުން ނަސީބުވެރި 10 ބޭފުޅަކަށް/- 5000 ރުފިޔާގެ ވައުޗަރވެސް މި ޕްރޮމޯޝަންގެ ތެރެއިން ލިބިގެންދާނެއެވެ.