ލ.ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓާއި ގުޅިގެން އަނިޔާ ލިބުނު ޒުވާނާއަށް އައިޖީއެމްއެޗުގައި ފަރުވާދިނުން ލަސްވަނީ..

ލ.ކިންކް ރޯޑުގައި މިމަހުގެ 3 ވަނަ ދުވަހު ހަވީރު ހިނގި ނުރައްކާތެރި އެކްސިޑެންޓާއި ގުޅިގެން އިތުރު ފަރުވާއަށް މާލެގެންދިޔަ ދެ ޒުވާނުންނަށް ފަރުވާ ދިނުމުގައި ލަސްވަމުން ދާކަމަށް އާއިލާއިން ބުނެފިއެވެ.

ލ.ލިންކް ރޯޑުގައި ހިނގި މި އެކްސިޑެންޓުގައި ދެމީހުންނަށްވެސް ބޮޑެތި އަނިޔާތަކެއް ވެފައިވާއިރު ދެމީހުންގެ ފައިވެސް ވަނީ ބިންދައިގެން ގޮސް ފައިގެ މަސް ގަނޑުވެސް ކޮންމެވެސް ވަރަކަށް ޗަސްވެފައެވެ. އަދި އެކަކުގެ ބޮލަށްވެސް ޒަޚަމްތަކެއް ވަނީ ލިބިފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ
16997831 1866917056917695 188868376731686502 n
އެކްސިޑެންޓުގައި އަނިޔާވި ފަރަހަ

މި އެކްސިޑެންޓާއި ގުޅިގެން ގަމު ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު އޭގެ ތެރެއިން އެކަކު ވަނީ އިތުރު ފަރުވާއަށް އިމަޖެންސީކޮށް އެރޭ ދަވްރަު ފުލައިޓުން މާލެ ގެންގޮސްފައެވެ. ދެވަނަ މީހާ ގެންދިޔައީ އޭގެ އެއް ދުވަސްފަހުން ނެވެ.

މައުލޫމާތު ލިބޭގޮތުގައި ކުރިން ގެންދިޔަ މީހާއަށްވެސް އަދި އެކަށީގެންވާ ފަރުވާއެއް ދެވިފަައެއް ނުވެއެވެ. ދެ މީހުންގެ ފައިވެސް އޮޕަރޭޝަން ކުރުމަށް ޑޮކްޓަރުން ލަފާދީފައިވާއިރު އޮޕަރޭޝަން ކުރުމަށް ލަސްވަމުންދަނީ ދެ މީހުންނަށްވެސް ފަރުވާ ދިނުމަށް ގެންދެވުނު މާލޭ އައިޖީއެމްއެޗް ހޮސްޕިޓަލުގައި އެޑްމިޓް ކުރާނެ ހުސް އެނދެއް ނެތުމުންކަމަށް މައުލޫމާތުލިބެއެވެ.

އެކްސިޑެންޓުގައި ޒަޚަމްވި އުމުރުން 20 އަހަރުގެ ރިޔާސް ގެ ބައްޕަ މައުލޫމާތު ދިން ގޮތުގައި މާލެ ގެނައިތާ 2 ދުވަސް ވީ އިރުވެސް ފައިގެ އޮޕަރޭޝަން ކުރެވޭނެ ގޮތް އަދި ނުވާކަމަށެވެ. އެހެން ކަމުން އެކަމާއި ނިހާޔަތަށް ކަންބޮޑުވާކަމަށެވެ.

އޭނާ މައުލޫމާތު ދިން ގޮތުގައި ހޮސްޕިޓަލުން ހެދި ޓެސްޓުތަކުގެ ނަތީޖާ ދެއްކި ގޮތުން އެ ޒުވާނާގެ ފައިގެ ކަކުލު ހުޅުގެ ކަށިތަށް މުޅިން ފުނޑުފުނޑުވެފައިވާ ކަމަށާއި އެހެން ކަމުން ވީހާވެސް އަވަހަކަށް އޮޕަރޭޝަން ކުރުމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށެވެ.

17021816 1264934720316881 5009480394001315036 n

އެހެން ނަމަވެސް ޑޮކްޓަރުންގެ ލަފަޔާއެއް ގޮތަށް އެ ކުދިންގެ ފައިގެ އޮޕްރޭޝަން އަދި ކުރެވިފައި ނުވާކަމަށެވެ.

“ މާލެ ގެނައީ އަވަސް ފަރުވާ ދޭންވެގެން. ގެނެސް ހެދި ޓެސްޓުތަކުގެ ނަތީޖާތަށް ދައްކަނީ ފައިގެ ކަކުލުހުގެ ކަށިތައް މުގުރިފައިވާކަމަށް. އެހެން ކަމުން ޑޮކްޓަރުން ލަފާދިނީ ވީހާވެސް އަވަހަކަށް އޮޕަރޭޝަން ކުރުމަށް. އެހެން ނަމަވެސް ހޮސްޕިޓަލުން އެނދެއް ލިބޭގޮތް ނުވުމުން ލަސްވަމުންދަނީ.“ ކުއްޖާގެ ބައްޕަ ކިޔައިދިނެވެ.

އެކްސިޑެންޓްވީ ރޭ ފަތިހު އިތުރު ފަރުވާއަށް އިމަޖެންސީކޮށް މާލެ ގެންދިޔަ ފަރަހަނާޒް ގެ އޮޕަރޭޝަންވެސް ނުކުރެވި ލަސްވަމުން ދަނީ ހަމަ މި ސަބަބާއި ހެދިގެން ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

މިމަހުގެ 3 ވަނަ ދުވަހުގެ ހަވީރު ހިނގި މި އެކްސިޑެންޓްުގައި ދެ މީޙުންގެ ފައި ބިންދައިގެން ގޮސް އެކި ވަރުގެ ޒަޚަމްތަށް ލިބިފައިވާއިރު އެ ދެ މީހުން ދުއްވި ސައިކަލްވެސް ވަނީ ބޭނުން ނުހިފޭވަރަށް ހަލާކުވެފައެވެ.

ދާދި ފަހުންވެސް ލ.ލިންކް ރޯޑުގައި ވަނީ މިފަދަ ނުރައްކާތެރި އެކްސިޑެއްޓެއް ހިނގާ ޒުވާނަކު މަރުވެފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.