ފުރަތަމަ އަރަބި-އެމެރިކަން މޭޔަރު ޓްރަމްޕްގެ އެޑްވައިޒަރަކަށް

ޓްރަމްޕަށް ތާއީދުކުރި ފުރަތަމަ އަރަބި-އެމެރިކަން މޭޔަރު ރައީސްގެ އެޑްވައިޒަރަކަށް ހަމަޖައްސަވައިފި އެވެ.

ބަސްދީގަތުމެއްގައި އާމިރު ޣާލިބު ވިދާޅުވީ އެމެރިކާގެ ޢަރަބި އަދި މުސްލިމުންނާ ދެކޮޅަށް ކުރާ ނަފުރަތުގެ އަމަލުތައް ހުއްޓުވަން ޖެހޭނެ ކަމަށް ޓްރަމްޕްގެ އަރިހުގައި ވަރަށް ސާފުކޮށް ދަންނަވާފައިވާނެ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޑޮނަލްޑް ޓްރަމްޕަށް ތާއީދުކުރި ޢަރަބި އަދި މުސްލިމް ދަރިކޮޅުގެ ފުރަތަމަ އިންތިޚާބީ މޭޔަރު މިޗިގަންގެ ހެމްޓްރަމްކްގެ ކުރީގެ މޭޔަރު އާމިރު ޣާލިބު މިހާރު ވަނީ އަރަބި-އެމެރިކަން ކަންކަމާ ބެހޭ މުޝީރެއްގެ މަގާމާ ހަވާލުވެވަޑައިގެންފަ އެވެ.

މި ޚަބަރު ޣާލިބު އިޢުލާން ކުރެއްވީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި އޭނާގެ ފޭސްބުކް އެކައުންޓް މެދުވެރިކޮށެވެ.

”އަރަބި-އެމެރިކަން ކަންކަމާ ބެހޭ މަންދޫބަކަށް އަދި މުޝީރަކަށް އަޅުގަނޑު އައްޔަންކުރައްވައި ރައީސް ޓްރަމްޕް އަޅުގަނޑަށް ކުރެއްވި އިތުބާރަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން،“ ޣާލިބު ލިޔުއްވާފައިވެ އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ”އެމެރިކާގައި ދިރިއުޅޭ ޢަރަބި ދަރިކޮޅުގެ މީހުންނަށް ކުރިމަތިވެފައިވާ ހުރިހާ ގޮންޖެހުންތަކެއް ހައްލުކޮށްދޭނެ ކަމުގެ ޔަގީންކަން ނުދެވުނު ނަމަވެސް ވައިޓް ހައުސްގައި ޢަރަބި މުޖުތަމައުގެ އަޑު އިއްވައި އެމީހުންގެ ކަންބޮޑުވުންތަކާއި ޚިޔާލުތައް ފާޅުކުރުމުގައި ސާބިތުކަމާއެކު ދެމިހުންނާނެ ކަމުގެ ޔަގީންކަން އަރުވަން،“ ކަމަށެވެ.

ޣާލިބު މިހާރު ހުންނެވީ އެމެރިކާގެ ފެޑެރަލް އެޖެންސީއެއް ކަމަށްވާ އަމެރިކޯޕްސްގެ ސީނިއާ އެޑްވައިޒަރެއްގެ މަގާމުގަ އެވެ.

އޭނާ މި މަގާމާ ހަވާލުވެވަޑައިގަތީ ޓްރަމްޕަށް ތާއީދުކުރެއްވުމުން އިނާމެއްގެ ގޮތުން ދެއްވަން ނިންމެވި ކުވައިތުގައި ހުންނަވާ އެމެރިކާގެ ސަފީރުގެ މަގާމަށް ރިޕަބްލިކަން ސެނެޓަރުންގެ ތާއީދު ނުލިބޭނެކަން ކަށަވަރުވުމުންނެވެ.

ކުވައިތަކީ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ އެ ޤައުމުގެ މުހިންމު ބައިވެރިއެކެވެ.

ޣާލިބު ސަފީރުގެ މަގާމަށް އައްޔަންކުރުމަށް ސެނެޓުން ރުހުން ހޯދުމުގައި ކުރިމަތިވި އެންމެ ބޮޑު ހުރަހަކީ އޭނާ މީގެ ކުރިން އިސްރާއީލަށް ފާޅުގައި ކުރެއްވި ފާޑުކިޔުންތަކާއި ސޯޝަލް މީޑިއާގައި ކުރައްވާފައިވާ ބައެއް ކޮމެންޓްތަކެވެ.

މި ކަންކަން ފާހަގަކޮށް އިސްރާއީލަށް ވަފާތެރި ’އެންޓި-ޑެފަމޭޝަން ލީގް‘ އާއި ކަނާތު ފިޔަހީގެ ބައެއް ނޫސްތަކުން ވަނީ އޭނާއާ ދެކޮޅަށް ވަރަށް ބޮޑަށް ވަކާލާތުކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.