ގދ. ގައްދޫގައި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތް ފަށައިފި.

ގދ.ގައްދޫގެ ނަރުދަމާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.

މިކަމަށް ޚާއްޞަ ކޮށްގެން މިއަދު ހަވީރު އެ ރަށުގައި ބޭއްވި ރަސްމިއްޔާތަކަށް ފަހު ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވާއިރު ރަސްމީކޮށް މި މަސައްކަތް ފައްޓަވައިދެއްވީ އެންވަޔަރަމެންޓް މިނިސްޓަރ ތޯރިގު އިބްރާހިމްއެވެ.

އިޝްތިހާރު Below Header ad

މި މަސައްކަތް ކުރިޔަށް ގެންދަނީ މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިވްއެސްސީ) އާއި ހަވާލުކޮށްގެންނެވެ.

ރާއްްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ އެތަކެއް މަޝްރޫއުތަކެއް ދިވެހި ސަރުކާރުން ފައްޓައިގެން ކުރިޔަށްގެންދާއިރު މިމަޝްރޫޢުއަށް މަދުވެގެން 40 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން މައުލޫމާތުދެއެވެ.

40 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ބެލެވިފައިވާ މި މަޝްރޫޢަކީ ދިވެހި ސަރުކާރާއި އޯޕެކް ފަންޑް ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ލޯން އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

އަދި މިމަޝްރޫޢުގެ ދަށުން 8 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ޤާއިމްކުރެވޭނެކަމަށާއި މި މަޝްރޫޢު ނިމޭއިރު ނަރުދަމާގެ ޚިދުމަތް ޤާއިމްވެ 708  ގޭބިސީތަކާއި އެހެނިހެން ޢިމާރާތްތަކުގައި ގުޅައި ދެވޭނެކަމަށްވެސް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެއެވެ.

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.