ޚަބަރު ފީތާ

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު މިފަހަރުވެސް މަހްރޭޒްއަށް

މިދިޔަ އަހަރުގެ އެފްރިކާގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މިފަހަރުވެސް  ލެސްޓަ ސިޓީއަށް ކުޅެމުން އަންނަ ރިޔާދް މަހްރޭޒް އަށް ލިބިއްޖެއެވެ.

ނިމިގެންދިޔަ އަހަރުގެ އެންމެ މޮޅު ފުޓްބޮޅަ ކުޅުންތެރިއާގެ މަގާމު އަލްޖީރިއާއަށް އުފަން މަހްރޭޒްއަށް ލިބުނުއިރު އޭނާއާ އެންމެ ގާތުން ވާދަކުރި ބްރޫޝިއާ ޑޯޓްމަންޑްގެ ފޯވާޑް ޕިއެރޭ އެމަރިކް އޮބަމަޔޮންއަށް ލުބުނީ ދެވަނައެވެ. އަދި ތިންވަނަ ލިބުނީ، ލިވަޕޫލްއަށް ކުޅެމުން އަންނަ ސަޑިއޯ މާނޭއަށެވެ.

މި އެވޯޑް ލިބުމާއި ގުޅިގެން މީޑިއާ ވާހަކަދައްކަމުން މަހްރޭޒް ބުނީ އެއީ އޭނާއަށް ލިބުނު ވަރަށް ބޮޑު ހިއްވަރަކާއި ޝަރަފެއް ކަމަށެވެ. އަދި މި ފަދަ އެވޯޑަކުން އޭނާގެ ފުޓްބޯޅަ ކެރިއަރު އޮތުރަށް ކުރިއަރައިގެން ދާނެކަމަށް ވެސް އޭނާ ގަބޫލްކުރާކަމަށް ވެސް ވަނބީ ބުނެފައެވެ.

މަހްރޭޒް ބުނީ މިފަހަރު މިލިބުނު އެވޯޑު ހާއްސަކުރާނީ އޭނާގެ އާއިލާއަށާއި އަދި އޭނާއަށް ސަޕޯޓުކުރާ ފަރާތްތަކަށް ކަމަށެވެ.

މަހްރޭޒް ވަނީ ނިމިގެންދިޔައަހަރު އޭނާގެ ކުލަބު ލެސްޓާ ސިޓީއާ އެކު އިނގިރޭސި ޕްރިމިއާ ލީގުވެސް ހޯދާފައެވެ.

މިހާރު އުމުރުން 25 އަހަރުގެ މަހްރޭޒްއަށް ވަނީ ލެސްޓާ ސިޓީއަށް ޕްރިމިއާ ލީގު ހޯދާދިނުމުގައި ބޮޑު ދައުރެއްވެސް އަދާކޮށްފައެވެ.

މަހްރޭޒް ވަނީ މިދިޔަ ސީޒަނުގައި ލެސްޓާއަށް ކުޅެދިން، 37 މެޗުގައި 17 ގޯލް ކާމިޔާބުކޮށް، 10 އެސިސްޓް ހަދާފައެވެ.

މިދިޔަ ސީޒަނުގައި ދެއްކި މޮޅު ކުޅުމާއެކީ އިންގްލޭންޑްގެ ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) އިން ހޮވި، އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް މަހްރޭޒްއަށް ވަނީ ލިބިގެން ގޮސްފައެވެ.

މިފަހަރުގެ މި އެވޯޑާއެކީ މީ އޭނާއަށް މި އެވޯޑް ލިބުނު ދެވަނަ ފަހަރުކަންވެސް ފާހަގަކޮށްލަންޖެހެއެވެ.

Rate this post