ޓޮޓެންހަމްއިން ވަރުގަދަ ޗެލްސީ ބަލިކޮށްފި.

 

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ކުޅުނު މެޗުން ވަރުގަދަ  ޗެލްސީގެ މައްޗަށް ޓޮޓެންހަމްއިން ކުރިހޯދައިފިއެވެ.

އިޝްތިހާރު Below Header ad

ރޭ ކުޅުނު މެޗުން ޗެލްސީގެ މައްޗަށް ޓޮޓެންހަމް ކުރިހޯދާފައިވަނީ 0-2 ގެ ނަތީޖާއަކުންނެވެ.

ޓޮޓެންހަމްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ޗެލްސީގެ ފަރާތުން، ވަރަށް އާދައިގެ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ފުރަތަމަ ހާފްގައި ގޯލްޖަހާނެ ރަނގަޅު ފުރުސަތެއް، ޗެލްސީގެ ދެ ކުޅުންތެރިން ކަމަށްވާ، އެޑެން ހަޒާޑް އަދި ޑިއޭގޯ ކޮސްޓާއަށް ވަނީ ލިބި ބޭކާރުވެފައެވެ.

ޓޮޓެންހަމްގެ ފަރާތުން ރަނގަޅު ކުޅުމެއް މި މެޗުގައި ފެނުނުއިރު، އެޓީމުގެ ފުރަތަމަ ގޯލް ފުރަތަމަ ހާފްގެ ފަހުވަގުތުކޮޅު ކާމިޔާބުކޮށްދިނީ ރޭގެ މެޗުގައި މޮޅުކުޅުމެއް ދެއްކި ޑެލެ އަލީއެވެ.

ޓޮޓެންހަމް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު، ދެވަނަ ހާފް ޗެލްސީން ފެށީ ފުރަތަމަ ހާފާ ޚީލާފަށް ކުޅުން ވަރުގަދަކޮށެވެ. އެގޮތުން އެ ހާފުގެ ކުރީކޮޅު ވެސް، ހަޒާޑްއަށް ޗެލްސީއަށް ނަތީޖާ އެއްވަރުކޮށްދޭން މުޅިން ހުސް ފުރުސަތެއް ލިބި ފައިވެއެވެ. އެހެން ނަމަވެސް އެފުރުސަތު ވަނީ ބޭކާރުވެފައެވެ.

ދެވަނަ ހާފްގެ ކުރީކޮޅު ޗެލްސީން ރަނގަޅަށް ކުޅެމުންދަނިކޮށް، މެޗުގެ 54 ވަނަ މިނެޓްގައި ޑެލެ އަލީ ވަނީ ޓޮޓެންހަމްގެ މެޗުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

ރޭގެ މެޗުން ބަލިވުމުން ޗެލްސީގެ މޮޅުވުމުގެ ސިލްސިލާއަށް މިހާރު ވަނީ ނިމުން އައިސްފައެވެ، ޗެލްސީން ވަނީ ބަލިނުވެ ޖުމްލަ 13 މެޗު ހަމަކޮށް، އެއް ސީޒަނެއްގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުން މޮޅުވެ، އާސެނަލްއިން މީގެކުރިން ހަދާފައިވާ ރިކޯޑާއި އަރާ ހަމަކޮށްފައެވެ.

ރޭގެ މެޗާއެކީ ޓޮޓެންހަމްއިން ވަނީ ލީގުގައި އެންމެފަހުން ކުޅުނު ފަސް މެޗުންވެސް މޮޅުވެފައެވެ.

ރޭގެ މި ނަތީޖާއާއެކު ވެސް ލީގުގެ އެއްވަނައިގައި 49 ޕޮއިންޓާއެކީ އޮތީ ޗެލްސީއެވެ. ލީގުގެ ދެވަނައިގައި 44 ޕޮއިންޓާއެކީ ލިވަޕޫލް އޮތްއިރު، ލީގުގެ ތިންވަނައިގައި 42 ޕޮއިންޓާއެކީ އޮތީ، ރޭ ޗެލްސީގެ މައްޗަށް ކުރި ހޯދި ޓޮޓެންހަމްއެވެ.

ޓޮޓެންހަމް ރޭ މޮޅުވުމުން މެންޗެސްޓަރ ސިޓީ އަދި އާސެނަލްގެ މަގާމަށް މިހާރު ވަނީ ބަދަލު އައިސްފައެވެ. އެގޮތުން 42 ޕޮއިންޓާއެކީ ސިޓީ ހަތަރުވަނައިގައި އޮތްއިރު، އާސެނަލް އޮތީ 41 ޕޮއިންޓާއެކީ ލީގުގެ ފަސްވަނައިގައެވެ.

ލީގުގައި ޗެލްސީން ދެން ބައްދަލުކުރާނީ ލެސްޓަ ސިޓީއާއެވެ. ޓޮޓެންހަމް ބައްދަލުކުރާނީ ވެސްޓްބްރޮމްއާއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.