ޕޮލިސް އާއި އިސްލާމިކް މިނިސްޓްރީ ފަހުމުނާމާ އެއްގައި ސޮއި ކޮށްފި

ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމާއި އިޖްތިމާޢީ ހަމަޖެހުން ގެނައުމަށް ކުރަން ޖެހޭ މަސައްކަތްތައް ގުޅިގެން ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއާ އެކު އިސްލާމިކް މިނިސްޓްރީ އެމް.އޯ.ޔޫ އެއްގައި ސޮއި ކޮށްފިއެވެ.

މި އެމް.އޯ.ޔޫ ގައި ސޮއި ކުރުން އޮތީ މިއަދު ހެނދުނު އިސްކަންދަރު ކޮށީގައެވެ. އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެމް.އޯ.ޔޫ ގައި ސޮއި ކުރެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒިޔާދެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ސޮއި ކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލްފާޟިލް އަޙްމަދު ޢަރީފެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެމް.އޯ.ޔޫ ގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ. ޒިޔާދު ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން ދިވެހި މުޖުތަމަޢުގެ ތެރޭގައި ހުރި އިޖުތިމާޢީ މައްސަލަތައް ޙައްލުކުރުމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި، އަދި މީގެއިތުރުން މުޖުތަމަޢުގެ އަމާންކަމާއި އިސްތިޤުލާލު ހިފެހެއްޓުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ލިބޭނެ ވަރަށް ބޮޑު ޝަރަފެއް ކަމުގައި ދެކެވަޑައި ގަންނަވާ ކަމަށެވެ.

މި އެއްބަސްވުމުގައި ސޮއި ކުރެއްވުމުގެ ކުރިން ވެސް މި ދެ މުއައްސަސާއަކީ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމާ ގުޅޭ މަސައްކަތްތައް ކުރުމުގައި އެކުގައި މަސައްކަތް ކޮށްފައިވާ ދެ މުއައްސަސާކަން ފާހަގަކުރައްވައި ކޮމިޝަނަރ އޮފް ޕޮލިސް އަލްފާޟިލް އަޙްމަދު ޢަރީފު ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން މި މަސައްކަތް އިތުރަށް ހަރުދަނާވެ ކުރިއަށްވުރެ ހަލުއިކަމާއެކު ކުރިއަށް ގެންދެވޭނެ މަގުފަހިވެގެން ދާނެކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.

މިއެއްބަސްވުމުގެ ދަށުން ދީނީ ގޮތުން ޙައްދުފަހަނައެޅުމާއި އިސްލާމްދީނާ ދެކޮޅުވުމުގެ މައްސަލަތަކާގުޅޭ ގޮތުން ލިބޭ މަޢުލޫމާތުތައް ދެފަރާތުގެ ދެމެދުގައި ހިއްސާކުރުމާ، އެފަދަ ކަންކަން ހުއްޓުވުމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުމަށް ހަމަޖެހިފައިވެއެވެ. އަދި މިފަދަ ޕްރޮގްރާމްތައް ރާވައި އެއް މުއައްސަސާ އަނެއް މުއައްސަސާއަށް ފަންނީ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށް އެއްބަސްވާކަމަށް މި އެމް.އޯ.ޔޫ ގައި ވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.