އެޗްއެސްޕީއެންގެ މައްޗަށް ކުރިހޯދާ ޗެލެންޖަރސް އިން އުއްމީދު އާކޮށްފި

މާލެއަތޮޅު ގުރައިދޫގައި މިހާރު ކުރިއަށްދާ ތުއްތޮންބެ ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުގައި އެޗްއެސްޕީއެންގެ މައްޗަށް ކުރިހޯދާ ޗެލެންޖަރސް އިން އުއްމީދު އާކޮށްފިއެވެ.

މި މެޗަށް ނުކުތް އިރު، ޗެލެންޖަރސް ކުޅުނު ފުރަތަމަ މެޗުން ވަނީ ބަލިވެފައެވެ. އަދި އެޗްއެސްޕީއެން ވަނީ ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފައެވެ. އެހެންކަމުން މިއަދުގެ މެޗު އެއްވަރުކޮށްލިޔަސް އެޗްއެސްޕީއެން އަށް ހިތްހަމަޖެހިލެވެން އިތް ނަމަވެސް ޗެލެންޖަރސް އަށް މި މެޗަކީ މޮޅުވުން މުހިންމު މެޗެކެވެ.

އިޝްތިހާރު Below Header ad

މިއަދުގެ މެޗު ފެށިގެން ދެ ޓީމުންވެސް ވަނީ ވަރުގަދަ ޙަމަލާތަކެއް އުފައްދާފައެވެ. އެހެންނަމަވެސް އެ ޙަމަލާތަކުގެ ހުރަހަކަށްވީ ދެ ޓީމުގެ ގޯލްކީޕަރުންނެވެ. މިއަދުގެ ފުރަތަމަ ލަނޑު އެޗްއެސްޕީއެން އިން ޖެހީ 26 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. އެހެންނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޗެލެންޖަރސް އިންވަނީ 44 ވަނަ މިނެޓުގައި ލަނޑެއް ޖަހާ ނަތީޖާ ހަމަކޮށްފައެވެ.

ދެވަނަ ހާފު ފެށިގެން ފުރަތަމަ 10 މިނެޓުގެ ތެރޭގައި ޗެލެންޖަރސް އިން ވަނީ މެޗުގެ ނަތީޖާ އެޓީމުގެ ކޮޅަށް އަނބުރާލާ ދެ ލަނޑު ޖަހާ، މެޗުގެ ނަތީޖާ 1-3 އަށް ބަދަލުކޮށްފައެވެ. އެގޮތުން މެޗުގެ 47 ވަނަ މިނެޓާއި 50 ވަނަ މިނެޓުގައި މި ދެލަނޑު ޖަހައިދިނީ މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ހޯދި ޗެލެންޖަރސްގެ ޖާރޒީ ނަމްބަރ 11 އެވެ.

މި މުބާރާތުގައި މާދަމާ ބައްދަލު ކުރާނީ އޯލް އެޓޭކްސް އާއި ޔޫތް ޔުނައިޓެޑެވެ.

ޗެމްޕިއަން ޓީމަށް ދިހަހާސް ރުފިޔާ ދިނުމަށްވަނީ ނިންމާފައިވާ މި އަހަރުގެ މުބާރާތުގައި 6 ޓީމަކުން ވަނީ ބައިވެރިވެފައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.