ކަސްޓަމަރުންނަށް ގިނަގުނަ ފައިދާތައް އެކުލެވޭ އެންމެ ފުރިހަމަ ޕޯސްޓްޕެއިޑް ޕެކޭޖްތައް އުރީދޫ މޯލްޑިވްސްއިން ތަޢާރަފްކޮށްފިއެވެ.
ކަސްޓަމަރުންގެ ޑިޖިޓަލް ލައިފްސްޓައިލާ ގުޅޭ މި ޕޯސްޓްޕެއިޑް ޕްލޭންތަކުގައި އަންލިމިޓެޑް ކޯލް، އަންލިމިޓެޑް އެސްއެމްއެސް އަދި އަންލިމިޓެޑް ޑޭޓާ އެކުލެވިގެންވެއެވެ.
އަލަށް ތަޢާރަފް ކުރި ޕޯސްޓްޕެއިޑް ޕްރިމިއަމް 1499 އަދި ޕޯސްޓްޕެއިޑް ޕްރިމިއަމް 1999 އަކީ ވިޔަފާރީގެ ބައިވެރިންނާއި މުވައްޒަފުން އަދި ކަސްޓަމަރުންނާއި އަބަދުމެ މުޢާމަލާތު ކުރައްވަންޖެހޭ ޕްރޮފެޝަނަލް މަސައްކަތް ކުރައްވާ ފަރާތްތަކަށް ވަރަށް އެކަށޭނަ ޕެކޭޖްތަކެކެވެ.
މިޕެކޭޖްތަކުން ލިބޭ ފައިދާތަކުގެ ތެރޭގައި:
- ރާއްޖޭގެ އެންމެ ހަލުވި 4G ނެޓްވޯކުގައި ބޭނުންކުރެއްވުމަށް ބޮޑެތި ޑޭޓާ އެލަވަންސް: ޕޯސްޓްޕެއިޑް ޕްރިމިއަމް 1499 އާއެކު 25ޖީބީ، އަދި ޕޯސްޓްޕެއިޑް ޕްރިމިއަމް 1999 އާއެކު އަންލިމިޓެޑް ޑޭޓާ.
- ރާއްޖޭގެ ހުރިހާ ލޯކަލް ނަންބަރުތަކަށް އަންލިމިޓެޑް ކޯލްސް.
- ހިލޭ އެސްއެމްއެސް: ޕޯސްޓްޕެއިޑް ޕްރިމިއަމް 1499 އާއެކު 5000 އެސްއެމްއެސް، އަދި ޕޯސްޓްޕެއިޑް ޕްރިމިއަމް 1999 އާއެކު އަންލިމިޑެޓް އެސްއެމްއެސް.
- ބޭނުން 5 ޤައުމަކަށް 50% އައިޑީޑީ ޑިސްކައުންޓް. ހިމެނެއެވެ.
”އުރީދޫގެ އަމާޒަކީ ކަސްޓަމަރުންނަށް ބޭނުންވާ ހުރިހާ ފައިދާތަކެއް ލިއްބައިދޭ ޚިދުމަތްތަކެއް ފޯރުކޮށްދީ، ކަސްޓަމަރުންގެ އަމާޒުތަކާއި އުއްމީދުތައް ޙާސިލްކުރުމަށް މަގުފަހިކޮށްދީ ބާރުވެރިކޮށްދިނުން. އަޅުގަނޑުމެންގެ އާ ޕޯސްޓްޕެއިޑް ޕްރިމިއަމް ޕެކޭޖުތަކަކީ މެދުނުކެނޑި ކޯލް، އެސްއެމްއެސް އަދި މޯބައިލް ޑޭޓާ ބޭނުންކުރައްވައިގެން މުވާޞަލާތު ކުރައްވާ ކަސްޓަމަރުންނަށް ޚާއްޞަކޮށް ބައްޓަންކުރެވިފައިވާ ޕެކޭޖްތަކެއް.“ ހެޑް އޮފް ވޮއިސް ޕްރޮޑަކްޓްސް އަރުޝަދު ޝާކިރު ވިދާޅުވިއެވެ.
މި ތަޢާރަފް ކުރި ޕޯސްޓްޕެއިޑް ޕްރިމިއަމް ޕެކޭޖްތަކާއެކު ޕްރިޕެއިޑް ޕްލޭން ބޭނުންކުރައްވާ ކަސްޓަމަރުންގެ ތެރެއިން ޕޯސްޓްޕެއިޑަށް އަޕްގްރޭޑްކުރައްވަން ބޭނުންފުޅުވާ ކަސްޓަމަރުންނަށް ވަރަށް އެކަށޭނަ ޕޯސްޓްޕެއިޑް ޕެކޭޖެއްވެސް ވަނީ ތަޢާރަފް ކޮށްފައެވެ. އަލަށް ތަޢާރަފް ކުރި ޕޯސްޓްޕެއިޑް 299 އާއެކު ލޯކަލް ނަމްބަރުތަކަށް ގުޅުއްވުމަށް 1500 މިނެޓު، 500 އެސްއެމްއެސް، 1 ޖީބީގެ ހިލޭ ޑޭޓ އަދި ހިލޭ ގުޅޭ 1 ނަމްބަރު އެކުލެވިގެންވެއެވެ. އަދި މިއާއެކު ރާއްޖެއިން ބޭރަށް ގުޅުއްވުމަށް އިޚްތިޔާރު ކުރައްވާ އެއް ޤައުމަކަށް %50 ޑިސްކައުންޓް ލިބިވަޑައިގަންނަވާނެއެވެ.
މީގެ އިތުރުން ކަސްޓަމަރުންނަށް އިތުރު ފައިދާތައް ލިއްބައިދޭ އުރީދޫ ޑޭޓާ އެޑްއޯންސް، ލިވްއަންލިމިޓެޑް އެޑްއޯންސް، މެސަޖިންގ އެޑްއޯންސްގެ އިތުރުން އައިޑީޑީ އެޑްއޯންސް އެކްޓިވޭޓްކޮށް ޕޯސްޓްޕެއިޑް ޕެކޭޖު ބޭނުންވާ ގޮތަކަށް ފަރުމާކުރެވޭނެއެވެ.
އަލަށް ތަޢާރަފް ކުރި ޕޯސްޓްޕެއިޑް ޕެކޭޖްތަކާއިއެކު އުރީދޫނެޓްވޯކާއ އަލަށް ގުޅިވަޑައިގަންނަވާ ކަސްޓަމަރުންނަށް މަރުޙަބާ ކިޔުމުގެ ގޮތުން ވައިބަރ ހިލޭ ބޭނުންކުރެވޭ ވަރަށް ޚާއްޞަ ޕްރޮމޯޝަންއެއްވެސް ވަނީ ތަޢާރަފްކޮށްފައެވެ.
އުރީދޫ އިން މި ތަޢާރަފް ކުރި ޚާއްޞަ ޕްރޮމޯޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ކުރިއަށް އޮތް 6 މަސް ދުވަހު މުޅިން ހިލޭ ވައިބަރ އެޕްލިކޭޝަން މެދުވެރިކޮށް ގާތްތިމާގެ މީހުންނާއެކު ޗެޓްކޮށް، ސްޓިކަރ ފޮނުވައި، ފޮޓޯ އަދި ވީޑިއޯ ޙިއްޞާ ކުރެވޭނެއެވެ. އުރީދޫއާއި އަލަށް ގުޅިވަޑައިގަންނަވާ ހުރިހާ ކަސްޓަމަރުންނަށާއި އުރީދޫ ނެޓްވޯކަށް ނަމްބަރު ބަދަލުކުރައްވާ ހުރިހާ ކަސްޓަމަރުންނަށްވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވަޑައިގެންނެވޭނެއެވެ.
އުރީދޫއިން މިހާރު ކުރިއަށް ގެންދާ ނެޓްވޯކް މޮޑަނައިޒޭޝަން ޕްރޮޖެކްޓްގެ ދަށުން 4G ގެ ޚިދުމަތް ވަނީ އިތުރު 40 ރަށަކަށް ފުޅާކޮށްފައެވެ. މީގެ ސަބަބުން ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ސްޕީޑާއިއެކު ފުރިހަމަ ކަނެކްޓިވިޓީ އިތުރު ފުރިހަމަކަމާއިއެކު މިހާރު ތަޖުރިބާ ކުރެއްވޭނެއެވެ. މިއާއި އެކު ރާއްޖޭގެ އާބާދީގެ 44 އިންސައްތައަށް އުރީދޫ 4G ނެޓްވޯކުގެ ޚިދުމަތް މިހާރު ލިބިވަޑައިގަންނަވާނެއެވެ.
އުރީދޫގެ ހުރިހާ ޕެކޭޖްތަކެކޭ އެއްގޮތަށް އަލަށް ތަޢާރަފްކުރެވުނު ޕޯސްޓްޕެއިޑް ޕެކޭޖްތައްވެސް އުރީދޫގެ ހަލުވި 4G ނެޓްވޯކްގައި ބޭނުންކުރެއްވޭނެއެވެ. މީގެ އިތުރުން އުރީދޫގެ 4G ނެޓްވޯކަށް 31 ޑިސެމްބަރ 2016 ގެ ކުރިން އަޕްގްރޭޑް ކުރައްވާ ހުރިހާ ކަސްޓަމަރުންނަށްވެސް 2 ޖީބީ ގެ ހިލޭ ޑޭޓާ ލިބިވަޑައިގަންނަވާނެއެވެ.