ކްރިސްޓިއާނޯ ރޮނާލްޑޯގެ ހެޓްރިކާއެކު ފީފާ ކްލަބް ވޯލްޑްކަޕްގެ ތަށި ސްޕެއިންގެ ރެއާލް މެޑްރިޑުން އުފުލާލައިފ

ކްރިސްޓިއާނޯ ރޮނާލްޑޯގެ ހެޓްރިކާއެކު ފީފާ ކްލަބް ވޯލްޑްކަޕްގެ ތަށި ސްޕެއިންގެ  ރެއާލް މެޑްރިޑުން އުފުލާލައިފިއެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯގެ ހެޓްރިކާ އެކު ޖަޕާނުގެ ކަޝިމާ އެންޓްލާސްގެ މައްޗަށް ރެއާލް އިން ކުރި ހޯދާފައިވަނީ 4:2 ގެ ނަތީޖާއިންނެވެ.

އިޝްތިހާރު Below Header ad

މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑުނެގީ ރެއާލްއިންނެވެ.

މި ގޯލު މެޗުގެ 9 ވަނަ މިނެޓްގައި ރެއާލްއަށް ކާމިޔާބުކޮށްދިނީ  ކަރީމް ބެންޒެމާއެވެ.

ބެންޒެމާގެ ގޯލުން ރެއާލް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމެންދަނިކޮށް ކަޝިމާއިން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ގަކޫ ޝިބަސާކީ އެވެ.

މި ނަތީޖާގައި އޮވެ މެޗުގެ ފުރަތަމަ ހަފު ނިންމާލިނަމަވެސް  މެޗުގެ ދެވަނަ ހާފްގެ ވަރަށް ކުރީކޮޅު، ޝިބަސާކީ ވަނީ ލަނޑެއް ޖަހާ މެޗުގައި ފުރަތަމަ ފަހަރަށް ކަޝިމާއަށް ލީޑުނަގާދީފައެވެ.

ނަމަވެސް މެޗުގެ 60 ވަނަ މިނެޓްގައި ރެއާލްއަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މެޗުގެ 90 މިނެޓްގެ ކުޅުން ނިމުނުއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުމަށް ދެން ކުޅުނީ 15 މިނެޓްގެ ދެ ހާފެވެ. އެ ދެ ހާފްގެ ތެރޭގައި، ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ރެއާލްގެ ތިންވަނަ ގޯލާއި ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީ އޭނާގެ ހެޓްރިކް މި މެޗުގައި ފުރިހަމަކޮށްދީފައެވެ.

މި ހެޓްރިކާއެކީ ރޮނާލްޑޯ ވެގެން ގޮސްފައިވަނީ ފީފާ ކްލަބް ވޯލްޑްކަޕެއްގެ ފައިނަލުގައި ހެޓްރިކް ހެދި ފުރަތަމަ ކުޅުންތެރިއާއަށެވެ.

އަދި މިއީ ރެއާލްގައި ރޮނާލްޑޯ ހެދި 40 ވަނަ ހެޓްރިކުކަން ވެސް ފާހަގަކޮށްލެވެއެވެ.

ކްލަބް ވޯލްޑްކަޕްގައި ރޮނާލްޑޯ މިފަހަރު ހަތަރު ގޯލު ކާމިޔާބުކުރިއިރު މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމުވެސް ލިބުނީ ރޮނާލްޑޯ އަށެވެ.

މިއީ ރެއާލްއިން ފީފާ ކްލަބް ވޯލްޑްކަޕް ކާމިޔާބުކުރި ދެވަނަ ފަހަރެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.