މައުންޓައިން ބައިސްކަލެއް ބޭނުންތަ؟ މިއޮތީ އެ ފުރުޞަތު…

ބަވަނަވެފައިވާ މި ދުނިޔޭގެ ބައެއް ޤައުމުތަކުގައި ދަތުރުފަތުރު ކުރުމަށް ބައިސްކަލް ބޭނުންކުރުމަކީ މިހާރު ވަރަށް ޢާންމުވަމުން އަންނަ އާދައެކެވެ. ޚާއްޞަކޮށް ތިމާވެއްޓާއި ރައްޓެހި ޤައުމުތަކުގައި މިކަންވަނީ ފެޝަނަކަށްވެ، ޒުވާނުންނާއި މުސްކުޅިންގެ ކިބައިގާ އަށަގެންފައެވެ.

މީގެ އަހަރުތަކެއްކުރިން އަހަރުމެން ރާއްޖޭގައިވެސް އެއްގަމު ދަތުރުފަތުރު ކުރުމަށް އެންމެ ގިނައިން ބޭނުން ކުރަމުން އައި އުޅަނދަކީ ބައިސްކަލެވެ. އެހެންނަމަވެސް ކުރިންވެސް ބުނިހެން ބަވަނަވެފައިވާ މިދުނިޔޭގައި ބައިސްކަލުގެ ބޭނުންހިފާ މީހުންގެ ޢަދަދު މިވަނީ އަތުގެ އިނގިލިތަކުން ގުނާލެވޭހާވަރުވެފައޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

އިޝްތިހާރު Below Header ad

ޚާއްޞަކޮށް ތޮށްޖެހިފައިވާ ފުރަމާލެއަކީ ކުޑަތަނަކަށްވާ އިރުވެސް، ކޮންމެ މީހަކުވެސް އުޅެންބޭނުންވަނީ ސައިކަލުގައެވެ. ސަބަބުތައްވެސް އެބަހުއްޓެވެ. އޭގެތެރޭގައި ވަޒީފާގައި އަވަދިނެތި އުޅެންޖެހުމާއި ދުވާލު ދެ ދަޅައަށާއި ރޭގަނޑުވެސް ދަރިން ސްކޫލަށާއި ޓިއުޝަނަށް ގެންދަން ޖެހުމަކީ ސަބަބެއްކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެއެވެ.

ކޮންމެއަކަސް އެކަން ދެން ބާއްވަމާހެއްޔެވެ. ބައިސްކަލު ދުއްވުމަކީ ހަށިގަނޑަށް ނުހަނު ފައިދާ ލިބޭ ކަމެއް ނަމަވެސް ކުރިން ބުނި ސަބަބުތަކަށްޓަކައި ބައިސްކަލަކީ އަޅުގަނޑުމެންނާ ވަރަށް ބީރައްޓެހި އެއްޗެކަށްވެފައި ވަނިކޮށް ބައިކް މޯލްޑިވްސްގެ ނަމުގައި ދިވެހި ވުޖޫދަށް އުފަންވި ފަހުލަވާނުން މިވަނީ އެކަމަށް އަހުލުވެރިކަން ކުރުވަން ފަށާފައެވެ. އަދި އަވަދިނެތި ކުރަމުންދާ ބުރަ މަސައްކަތުގެ ނަތީޖާވެސް އަންނަނީ ފެންނަމުންނެވެ.

އަނެއްކާވެސް ހާސަރުމާ ދިގުވަނީދޯއެވެ! ދައްކަން މިއުޅެނީ ސަތޭކަ ނަސީބުވެރިއަކަށް މައުންޓައިން ބައިސްކަލު ލިބުމުގެ ފުރުޞަތު ހުޅުވާލި ވާހަކައެވެ. ބައިކް މޯލްޑިވްސް އާއި މައިލޯ ގުޅިގެން ހުޅުވާލި މި ފުރުޞަތު ނުވަތަ ޕްރޮމޯޝަނަކީ އަންނަ އަހަރުގެ (2017 ވަނަ އަހަރުގެ) ފެބްރުއަރީ 15 އާ ހަމައަށް ކުރިޔަށްދާ ޕްރޮމޯޝަނެކެވެ.

“މަމް، މީ އެންޑް މައި މައިލޯ”ގެ ނަމުގައި ހިންގާ އެ ޕްރޮމޯޝަނުގައި ބައިވެރިވުމަށް މަބޮޑުކަމެއް ކުރާކަށްވެސް ނުޖެހެއެވެ. ހަދަން ޖެހޭ ގޮތަކީ، މަންމައިން ދަރީންނާ އެކު، މައިލޯ ޕެކެޓެއް ހިފައިގެން ފޮޓޯއެއް ނެގުމަށްފަހު، އެ ފޮޓޯ ބައިކް މޯލްޑިވްސްގެ ފޭސްބުކް ޕޭޖަށް ނުވަތަ މައިލޯ މޯލްޑިވްސްގެ ނަމްބަ ‎7320620 އަށް ވައިބަރ މެދުވެރިކޮށް ފޮނުވާލަންވީއެވެ. ވަރަށް ފަސޭހަކަމެއް އެހެންނޫންތޯއެވެ.

ޖެނުއަރީ މަހުގެ ފުރަތަމަ ހަފްތާގައި ބައިސްކަލު ލިބޭ ބައެއް ފަރާތްތައް ގުރުއަތުން ހޮވުމަށް ނިންމާފައިވާ އިރު، ގުރުއަތު ނެގުމުގެ ބޮޑު ހަފްލާއެއް ފެބްރުއަރީ މަހުގެ ތެރޭގައި ބާއްވާ ބައިސްކަލު ލިބޭ ފަރާތްތަކަށް ބައިސްކަލު ޙަވާލު ކުރުމަށްވަނީ ނިންމާފައެވެ.

އަދި މިވަރަކުންވެސް ނިމުނީއެއް ނޫނެވެ. ބައިކް މޯލްޑިވްސްއާ ގުޅިގެން ފެބްރުއަރީ މަހުގެ ފަހުކޮޅު ހުޅުމާލޭގައި ވަރަށް ބޮޑު ބައިސްކަލު ބުރެއްވެސް ބޭއްވުމަށް ވަނީ ނިންމާފައެވެ. ގުރުއަތުން ހޮވޭ ފަރާތްތަކަށް ދޭ ބައިސްކަލެއް ސޯސަން މަގު އަގޯރާގައި ބަހައްޓާފައި ހުރި އިރު، މާލޭގެ އެހެނިހެން ތަންތަނުގައިވެސް ބައިސްކަލުތައް ބެހެއްޓުމަށް ވަނީ ނިންމާފައެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ޢުމުރުން 8 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިންނާއި އެ ކުދިންގެ މައިންނަށެވެ. އެހެންކަމުން މާބޮޑު ކަމަކާއިނުލާ ބައިސްކަލެއް ހޯދުމަށް މިއީ ރަނުގެ ފުރުޞަތެއް ނޫންތޯއެވެ. ކުޑަކަމަކުން ހަށިގަނޑަށް ފައިދާކުރުވަނިވި މިފަދަ އެއްޗެއް ލިބުމަށް ހަމަޤައިމުވެސް ތިޔަ އެންމެފަރާތްތަކުން އެދޭނެކަން ޔަޤީނެވެ.

އެހެންވީމާ އަވަސް ކުރައްވާށެވެ. ފުރުޞަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިއްޕަވާށެވެ.

MILO Bicycle 18.12.2016

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.